ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 09:26
ގޭމްގެ އެސްޖީ ސައުދﷲ އަހުމަދު
ގޭމްގެ އެސްޖީ ސައުދﷲ އަހުމަދު
ފޭސްބުކް
ގޭމްސްގެ އެސްޖީ އަށް ޖިންސީ ގޯނާގެ ތުހުމަތު
ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ގޭމްގެ އެސްޖީ މަގާމުން ވަކިކޮށްފި
 
ސައުދުﷲ މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ
 
ވަކިކުރުމަށް ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި 14 މެމްބަރުން ވޯޓު ދެއްވި
 
އޭނާ ވަކި ކުރުމަށް ނިންމީ ހުކުރު ދުވަހުގެ ރޭ ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުން ވަކި ކޮށްފިއެވެ.

މިކަން ހާމަކޮށް ގެސްޓް ހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އަދި ހިންގާ ކޮމިޓީގެ މެމްބަރުގެ މަގާމުން ސައުދުﷲ ވަކިކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާކަން ހާމަކޮށްފައެވެ. ސައުދުﷲ ވަކި ކުރުމަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ވަޑައިގެންނެވި 14 މެމްބަރުންގެ އިއްތިފާގުންނެވެ.

ސައުދުﷲ މަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަނީ ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ސައުދު ވިދާޅުވީ، ޖިންސީ ގޯނާކުރި ކަމަށް ދެކެވޭ ވާހަކަ އަކީ ސައްހަ ވާހަކައެއް ނޫން ކަމަށާއި އެކަމަށް އިންކާރު ކުރާ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އެ މައްސަލަ އަކީ އެކްޒެކްޓިވް ކޮމިޓީން އިސްނަގައިގެން ބަލަން ނިންމި މައްސަލައެއް ކަމަށްވާތީވެ، އަދި އެ މައްސަލަ ބަލަން އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައިފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް