ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 09:29
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ކިއުގައި ޖެހިގެން ތިބި ބިދޭސީ މަސައްކަތްތެރިން
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ކިއުގައި ޖެހިގެން ތިބި ބިދޭސީ މަސައްކަތްތެރިން
މުހައްމަދު ފަޒީން
ބިދޭސީންގެ މައްސަލަތައް
ފިލައިގެންނާއި، ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުން އޮންލައިންކޮށް!
 
މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމާއި ބިދޭސީ މީހާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް ހުށަހެޅަން ޖެހޭ
 
ބިދޭސީފަރާތް ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީސާ ފީ ދައްކަން ޖެހޭ
 
މިމަހުގެ 12ން ފެށިގެން ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް

ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ހުށަހަޅާ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް[email protected]އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ފޯމް ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ބިދޭސީ މީހާ ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީސާ ފީ ދައްކާފައިވުމާއި، ވަޒީފާދިން ފަރާތުގެ އިގްރާރުގެ އިތުރުން ބިދޭސީ މީހާ ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމާއި ބިދޭސީ މީހާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް ހުށަހެޅަން ޖެހެއެވެ.

ވަޒީފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުމަށް އިމިގްރޭޝަނުން ބާރުއަޅާއިރު، ގަވާއިދާ ހިލާފަށް ނުވަތަ ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވާރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އެހެންކަމުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފަށާފައިވެއެވެ. ގިނަ އަދަދެއްގެ ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ގައުމަށް ފޮނުވާލާފައި ވެސްވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް
11 ޖުލައި 2020 | ހޮނިހިރު 21:14
އަޝްރަފް
އަޅުގަނޑު ރައްޓެހި ބަންގްލަދޭޝް މީހަކު ބުނީ ޓުއަރިސްޓް ވިސާގަ އައިގޮތަށޭ މިއުޅެނީ މިހާރު 09 އަހަރު ވެއްޖެ މާލޭގަ އުޅޭތާ މިހެން އުޅޭ މީހުންވެސް ވަރަށްގިނަ ކޮންމެފަހަރަކު މިނިސްޓަރ އަރާފަ އެމީހުން ގެނައިމީހުންގެ ވާހަކަ ދައްކަނީ އެތެރެވިގޮތް އިމިގްރޭޝަނަށް އެގެންވާނެ ޓުއަރިސްޓް ވިސާގަ ތިބި އެންމެން މިހާރުން މިހާރަށް ފޮނުވާލަން އެބަޖެހޭ އަދި އެމީހުނަށް ޓުއަރިސްޓް ވިސާގަ އައިސް ފިލާ އުޅުނަސް އެޅޭނެ ފިޔަވަޅެއް ނޯންނަނީ ކޮން މުއާހަދާއެއްގަ ސޮއިކޮށްފަ އޮތީމަބާ؟