ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 08:03
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރަނީ
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރަނީ
ރާއްޖެއެމްވީ
ސްޓެލްކޯގެ ކަރަންޓުގެ މަސައްކަތް
ކަރަންޓުގެ މަސައްކަތްތަކެއް ކުރަން 3 ސަރަހައްދަކުން ކަރަންޓު ކަނޑާލަނީ
 
ކަރަންޓް ކަނޑާލައިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:30ން 10:30ށް
 
ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މައްޗަންގޮޅި ދިލްބަހާރު މަގު ހިމެނޭ ސަރަހައްދު، މާފަންނު މުނިޔާމަގު ހިމެނޭ ސަރަހައްދު އަދި މާފަންނު ޖަންބުމަގު ހިމެނޭ ސަރަހައްދު

ސްޓެލްކޯއިން ކަރަންޓުގެ މަސައްކަތްތަކެއް ކުރުމަށް ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ 3 ސަރަހައްދަކުން ކަރަންޓު ކަނޑާލަން ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކެއް ބަދަލު ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ (މިއަދު) ހެނދުނު 9:30 އިން 10:30 އަށް 3 ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާ ކަމަށެވެ.

ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މައްޗަންގޮޅި ދިލްބަހާރު މަގު ހިމެނޭ ސަރަހައްދު، މާފަންނު މުނިޔާމަގު ހިމެނޭ ސަރަހައްދު އަދި މާފަންނު ޖަންބުމަގު ހިމެނޭ ސަރަހައްދުންނެވެ.

ސްޓެލްކޯއިން ބުނީ މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކަރަންޓު ދެވިގެންދާނެ ކަމަށެވެ.

ލޮކްޑައުންއަށްފަހު ސްޓެލްކޯއިން އަންނަނީ އަނެއްކާ ވެސް އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ފޯރުކޮށްދެމުން އަންނަ ކަރަންޓު ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ވަނީ އަލުން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް