ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 08:06
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް
ސީއެންބީސީ
ކޮވިޑް-19، ޑަބްލިއުއެޗްއޯ
ކޮވިޑް-19ން އަރައިގަތުމަށް ގައުމުތައް އެކުގައި މަސައްކަތް ކުރަންޖެހޭ: ޑަބްލިއުއެޗްއޯ
 
ކޮވިޑު ކޮންޓްރޯލް ނުކުރެވި އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ ކަން ވެސް ފާހަގަކުރެއްވި

ކޮވިޑް-19ން އަރައިގަތުމަށް ގައުމުތައް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދެނޯމް ގެބްރިއޭސަސް ވިދާޅުވެފައިވަނީ މި ބަލިން އަރައިގަތުމަށް ބައެއް ގައުމުތަކުން މި ބަލި ކޮންޓްރޯލް ކުރުމަށް ފެއިލްވެފައިވާ ކަމަށެވެ.

އަދި ގައުމުތަކުގެ ލީޑަރޝިޕްތަކަށް ޓެޑްރޯސްގެ ފާޑުކިއުންތައް އަމާޒުކުރައްވާފައިވާއިރު މިކަމާއި ގުޅިގެން ކޮވިޑު ކޮންޓްރޯލް ނުކުރެވި އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

މި ޕެންޑެމިކުން އަރައިގަނެވޭނީ ހުރިހާ ގައުމުތައް އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.

ޓެޑްރޯސް މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށާއި ބްރެޒިލްގެ ރައީސް އަށް، އެގައުމުތަކުގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިނުވާތީ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް