ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 08:09
ހާޔާ ސޮފީއާއަކީ 1453 ވަނަ އަހަރުން ފެށިގެން މިސްކިތެއް
ހާޔާ ސޮފީއާއަކީ 1453 ވަނަ އަހަރުން ފެށިގެން މިސްކިތެއް
އެންޑީޓީވީ
ހާޔާ ސޮފީއާ ހުޅުވާލުން
ތުރުކީގެ މަޝްހޫރު ދާރުލްއާސާރެއް މިސްކިތެއްގެ ގޮތުގައި ހުޅުވާލަނީ
 
މިއާއި ގުޅިގެން އަވައްޓެރި ގްރީސްއާއި ކްރިސްޓިއަން ދީނުގެ މީހުން ދަނީ ނުރުހުން ފާޅުކުރަމުން
 
މިގޮތަށް ނިންމަވާފައިވަނީ ހާޔާ ސޮފީއާ އަކީ ދާރުލްއާސާރެއް ނޫންކަމަށް ތުރުކީގެ މަތީ ކޯޓަކުން ނިންމާފައިވަނިކޮށް

ތުރުކީގެ މަޝްހޫރު ދާރުލް އާސާރު 'ހާޔާ ސޮފީއާ' މިސްކިތެއްގެ ގޮތުގައި ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ތުރުކީގެ ރައީސް ރީސިޕް ތޮއްޔިބް އުރުދުގާން ވިދާޅުވެފައިވަނީ 'ހާޔާ ސޯފިއާ' ހުޅުވާލުމަށް ގަސްތުކުރަނީ މުސްލިމުން އަޅުކަންކުރުމަށްޓަކައި މިސްކިތެއްގެ ގޮތުގައި ކަމަށެވެ. އަދި މިއާއި ގުޅިގެން އަވަށްޓެރި ގްރީސްއާއި ކްރިސްޓިއަން ދީނުގެ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ހާޔާ ސޮފީއާ އަކީ ދާރުލްއާސާރެއް ނޫންކަމަށް ތުރުކީގެ މަތީ ކޯޓަކުން ނިންމާފައިވަނިކޮށެވެ.

އިސްތަންބުލްގައި ހުންނަ ޔުނެސްކޯގެ ވޯރލްޑް ސައިޓެއް ކަމަށްވާ 'ހާޔާ ސޮފީއާ' އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. އެންމެ ފުރަތަމަ މިތަން މިސްކިތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1453 ވަނަ އަހަރެވެ. ނަމަވެސް 1935 ވަނަ އަހަރު ތުރުކީގެ ކުރީގެ ރައީސްގެ ވެރިކަމުގައި އެތަން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅުނެވެ.

ފަހުން އެނގުނު ގޮތުގައި ހާޔާ ސޮފީއާ އަކީ ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅިކަމުގެ ލިޔެކިއުންތައް ފޯޖުކޮށްފައިވާކަން ހާމަވިއެވެ. އަދި ހުކުރު ދުވަހު ތުރުކީގެ މަތީ ކޯޓަކުން ވަނީ ހާޔާ ސޮފީއާ އަލުން މިސްކިތެއްގެ ގޮތުގައި ހުޅުވުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް