ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 01:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓްވިޓަރ
ޖިންސީ ފުރައްސާރަ
އަލީ ވަހީދުގެ ސިޔާސީ ތަރި އޮއްސުނީބާ؟
 
މައްސަލައިގެ ތުހުމަތު ކުރެވެނީ ހަމަ އެކަނި އަލީ ވަހީދަކަށް ނޫން
 
ސިޔާސީ އެކި ޕާޓީ ތަކުގައި އިސް މަޤާމްތައް ފުރުއްވާފައިވޭ
 
އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އަލީވަހީދުގެ މިނިސްޓަރު ކަމުގައި

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ މި ސަރުކާރުގައި ހިމެނޭ އެންމެ ޒުވާން އަދި އެންމެ ހިންގުންތެރި އެއް ވަޒީރުކަމަށް ގިނަބަޔަކު ދިޔައީ ދެކެމުންނެވެ.

ޑީއާރުޕީން ރައްޔިތުންގެ މަޖިލީހަށް ނުކުންނެވި ހިސާބުން ސިޔާސީ ހަޔާތުގެ ޞަފްހާތައް ފެށިގެން ދިޔައިރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޗެއަރޕާރސަން ކަމާއި، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަޤާމުވެސް އަލީ ވަހީދު ވަނީ ފުރުއްވާފައެވެ.

ސިޔާސީ ގިނަ ތަޖުރިބާތަކެއް ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުގައި އަލީ ވަހީދު ޓުރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެވުނުއިރު، އެ ވުޒާރާއަކީ ކުރީ ސަރުކާރުގައި އެންމެ ބޮޑަށް ނަން ކިލަނބު ވެފައިވާ އެއް ވުޒާރާއެވެ.

އަލީ ވަހީދުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގައި 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 1.7 މިލިއަންއަށް އަރައި, ރާއްޖެއިން ވަނީ ރެކޯޑެއް ހަދާފައެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިނިސްޓަރުކަމުގެ މަޤާމުގައި ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔަ އިރު ކުރިން ކަރަޕްޝަންގެ ހާއްޔަކަށް ވެފައި އޮތް ކަމަށް ނަންކިޔާ ޓޫރިޒަމް މިނިސްޓްރީގެ އިމޭޖް ބަދަލުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ހަމަ ގައިމުވެސް ކުރިން އިވެމުން ދިޔަ ކަރަޕްޝަންގެ ވާހަކަތައް އިވެމުން ގޮސްފައެއް ނުވެއެވެ.

ނަމަވެސް މިއަދު އަލީ ވަހީދުގެ ސިޔާސީ ހަޔާތަށް މިވަނީ ބޮޑު ބަނަކަމެއް އައިސްފައެވެ. ކުރެވެނީ މީގެ ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް ކުރެވިފައިވާފަދަ އެއް ފަޅެއް ދިހަ ބާރަ ފަރާތައް ވިއްކުމާއި، ރިޝްވަތު ނެގުމާއި، މަނީލޯންޑަރ ކުރުމާއި ވައްކަމުގެ ތުހުމަތު ތަކެއް ނޫނެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ ބަދު އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެން އިސްތިއުފާ ދެއްވުމަށް ރައީސް ސާލިހު އެންގެވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓުވީޓާ އެކު އެންމެންގެ ހިތުގައި ވެސް އުފެދިގެން ދިޔައީ ބޮޑެތި ސުވާލުތަކެކެވެ.

މި ތުހުމަތު ތަކުގެ ތަފްސީލްތައް ތިލަވަގެން އައިއިރު އަލީވަހީދުގެ މައްޗަށް ވަނީ މިނިސްޓްރީގެ 12 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ސީރިއަސް ތުހުމަތު ތަކެއް ކުރެވިފައެވެ.

އެއާއި އެކު ތިލަވެގެން އައި ވާހަކަތަކުގައި މިނިސްޓްރީގެ ތެރޭގައި ހިނގަމުން ދިޔަ ކަމަށްބުނާ ބަދު އަޚްލާޤީ އެތައް ވާހަކަތަކެއްގެ ތުހުމަތު ތަކެއްވެސް ދިޔައީ ނިއުޅެމުންނެވެ.

މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއްގެ މައްޗަށްވެސް ބޮޑެތި ތުހުމަތު ތަކެއް ކުރެވިގެން ދިއުމާއި އެކު އެންމެ ގިނަ ބަޔަކު ހިތުގައި ސުވާލު އުފެދިގެން ދިޔައީ މިނިސްޓްރީގައި މަސައްކަތް ކުރާ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ވާހަކަތައް އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ސިއްރު ކޮށްގެން ތިބީ ކީއްވެގެންތޯއެވެ.

މިނިސްޓަރުގެ ޖިންސީ ފުރައްސާރައިން ރެކެން އަމިއްލަ ފުރާނައަށް ނުބަލާ މުވައްޒަފަކު މޫދަށް ފުންމާލި ވާހަކަ ތިލަވެގެން ދިޔައިރު، އެފަދަ ބޮޑު ހާދިސާއެއްގެ ވާހަކަ ފެންމަތި ނުކުރީ ކީއްވެގެންބާއެވެ. ދާދި ފަހުން ޔޮޓެއްގައި ހިނގި ކަމެއްގައި އަންހެން ކުއްޖަކު މޫދަށް ފުންމާލި ވާހަކަ ދުވަހަށް އިރު އެރިއިރު އޮތީ މުޅި މާލޭގައި ފެތުރިފައެވެ.

ވާހަކަތައް އިވޭ ގޮތުން، ފުރަބަންދުގެ ތެރޭގައި، މާލޭގެ ހޮޓެލެއްގެ ތެރޭގައި މިނިސްޓްރީގެ މުވައްޒަފުންތަކެއް ނިވާކަން ކުޑަ ހެދުން އަޅައިގެން ގައިގޯޅިވެ ވަރަށް "މިނިވަން" ކަމާއެކު އުޅުނު ކަމަށް ވެއެވެ. އެހެން ކަމަށްވާ ނަމަ އެކަމުގެ ހެކި ލިބޭނެ ވީޑިއޯތައް ސީސީޓީވީ ރެކޯޑު ކުރާ ނިޒާމުގައި ހުންނާނެއެވެ. މުވައްޒަފުން ހޮޓަލުގައި ތިބީ ދިވެހި ސަރުކާރުގެ ޚިދުމަތުގައި ކަމަށް ވުމާއެކު، މިކަމަކީ މީހުން އެބުނާ ގޮތައް ހިނގި ކަމެއްތޯ ނުވަތަ ނޫންތޯ އެނގުމަކީ، ރައްޔިތުންނަށް މުހިންމު ކަމެކެވެ.

މިނިިސްޓަރަށް ކުރެވޭ ތުހުމަތު ތަކާއެކު، މިނިސްޓްރީގެ އިސް އެތައް މުވައްޒަފުންނެއްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭއިރު، މުޅި ވުޒާރާ ސިފަ ކުރެވިގެން ދަނީ މިފަދަ "ހާއްޔެއް" ގެ ގޮތުގައެވެ. އެހެން ކަމުން މިނިސްޓަރު މަޤާމުން ވަކިކުރި ހިސާބުން ހިނގައިގެން މިއުޅޭ ކަންތައް އަދި މުޅިން ނިމުނީ ކަމަކަށް ނުބެލެއެވެ.

ކޮންމެއަކަސް ކަމުގެ ހަގީގަތް އެނގޭނީ މައްސަލައިގެ ތަހުގީގު ފެށުމުންނެވެ. މައްސަލައިގައި ކުރީގެ މިނިސްޓަރ އަލީ ވަހީދު އާ އަދި ސުވާލު ކޮށްފައެއް ނުވެއެވެ.

އެއާއި އެކު އުފެދޭ ސުވާލަކީ އަލީ ވަހީދަށް އޭނާ ކުށެއް ނުކުރާކަން ނުވަތަ މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރިކަން ސާބިތު ކޮށްދެވޭނެބާއެވެ.

ނޫނީ އަލީ ވަހީދުގެ ސިޔާސީ ތަރި ޖިންސީ ފުރައްސާރައިގެ ވިލާގަނޑެއްގެ ނިވަަލަށް ވަދެ އޮއްސުނީބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
28%
28%
0%
6%
39%
ކޮމެންޓް
11 ޖުލައި 2020 | ހޮނިހިރު 05:24
ބަންޑޭރި.
އަރާފަ އޮއްސިފަ މީ ސިޔާސީ މީހުންގެ ހަޔާތުގަ އަބަދުމެ ތަޖްރިބާކުރަމުންއަންނަ ހަގީގަތް. ބޮޑުއަގުދީފަގަންނަ ބަޔަކުއެކަންކުރަން ތައްޔާރަށް ތިބޭނަމަ ވިކޭމީހާ ހުންނާނީ ވިކެންތައްޔާރަށް. ހަޔާތާއި އަގަލު މީހަމަ ނެތްއެއްޗެއް.
11 ޖުލައި 2020 | ހޮނިހިރު 04:41
ްަްައަހަރެން
ކަލޭމެން ވެސް ވިކިފަދޯ