ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 20:32
މާގިރި ހޮޓެލް މަތިން ނަގާފައިވާ މަންޒަރެއް
މާގިރި ހޮޓެލް މަތިން ނަގާފައިވާ މަންޒަރެއް
ހޮޓެލިއާ މޯލްޑިވްސް
މާގިރި ހޮޓަލުގެ ސީސީޓީ ވީޑިއޯ
ހޮޓަލުގެ ސީސީޓީވީ ފޫޓޭޖް އެއްވެސް ބަޔަކަށް ނުދެން: މާގިރި
 
ހަގީގަތް ހާމަވާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައި
 
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ލޮކްޑައުންވެގެން ތިބީ މާގިރި ހޮޓަލުގައި
 
މީޑިއާތަކުން ފަތުރަނީ ދޮގު ހަބަރެއް

މާގިރި ހޮޓެލްގެ ސީސީޓީވީ ފޫޓެޖް އެއްވެސް ބަޔަކާއި ހިއްސާކޮށްފައިނުވާނެ ކަމަށާއި، ދޮގުހަބަރު ފަތުރާ ފަރާތްތަކާއި މެދު ގާނޫނި ފިޔަވަޅު އަޅާނެ ކަމަށް އެ ހޮޓަލުން ބުނެފިއެވެ.

މާގިރި ހޮޓެލަކީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ލޮކްޑައުންވި ހޮޓަލެވެ. އެ ހޮޓަލު ތެރޭގައި އެ މިނިސްޓްރީގެ މުވައްޒަފުން އުޅުނު ގޮތުގެ ސީސީޓީވީ ވީޑިއޯ ލިބުނު ކަމަށް ބުނެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެތަނުގައި ތިބި އަންހެން މުވައްޒަފުން ފިރިހެން މުވައްޒަފުންގެ ކޮޓަރި އަށް ވަންނަ ތަނުގެ މަންޒަރު ފެންނަ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

މާގިރި ހޮޓެލުން ބުނީ، ހޮޓާލާއި ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކުގެ އިތުރުން މީޑިއާތަކާއި ދެކޮޅަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ހޮޓަލުގެ ގެސްޓުންގެ ޒާތީ މައުލޫމާތު އެއްވެސް ބަޔަކަށް ހިއްސާކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ދެމުން މާގިރި ހޮޓަލުން ބުނީ، މީޑިއާތަކުން ފަތުރަނީ ދޮގުވާހަކަތަކެއް ކަމަށެވެ.

މާގިރި ހޮޓެލްގެ ވާހަކަ ދެކެން ފަށާފައިވަނީ ޖިންސީ ގޯނާތަކުގެ ތުހުމަތުތަކެއް ކުރެވި ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކޮށްފައިވާ މައްސަލައާ ގުޅުވައިގެންނެވެ. ޖިންސީ ގޯނާގެ ސިރިއަސް ތުހުމަތުތަކެއް ކުރެވި މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުއެވެ. ނަމަވެސް އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ރަސްމީކޮށް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ތެދުވެރިކަމާއި ވަރުބަލި ކަމެއްނެތި މަސައްކަތް ކޮށްދެއްވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
62%
10%
8%
8%
3%
10%
ކޮމެންޓް
11 ޖުލައި 2020 | ހޮނިހިރު 19:16
ގަންޖާ
ތިތާތެރޭ ޒިނޭ ކުެަމުން ދިޔައިރު ކީއްވެ ނުދިބީ. ދޭން ޖެހހޭނެ. ސިއްރު ކުރިކަން އަދި މިހާރުވެސް ސިއްރު ކުރަން އުޅޭކަން އެއީ ކުށެއް. ހޮޓަލުގަ ނައިޓްކްލަބު ތިހިންގަނީ. މާގިރި އަށް ދައުވާ ކުރަންޖެހޭ.