ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 20:35
އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފުލުހުން ހޯދަމުންދާ 8 ބިދޭސީން
އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފުލުހުން ހޯދަމުންދާ 8 ބިދޭސީން
ޕޮލިސް
ފިލައިގެން އުޅޭ ބިދޭސީން ހޯދުން
ފިލައިގެން އުޅޭ 8 ބިދޭސީން ހޯދަނީ
 
މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން
 
އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާ މީހުން ހިމެނޭ
 
8 ބިދޭސީއެއްގެ ފޮޓޯއާއި ވަނަވަރު އާންމު ކޮށްފައިވޭ

ފިލައިގެން އުޅޭ 8 ބިދޭސީން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.

ހުކުރު ދުވަހު ފުލުހުން ވަނީ ފިލައިގެން އުޅޭ 8 ބިދޭސީއެއްގެ ފޮޓޯއާއި ވަނަވަރު އާންމު ކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ، މިއީ ފުރަބަންދާ ގުޅިގެން އެކިއެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާތީއާއި ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ ބިދޭސީން ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދާ މީހުންގެ މައުލޫމާތު:

  1. މުޙައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަނގްލަދޭޝް
  2. އަލާމީން، ބަރަހަމަންބަރިއާ، ބަނގްލަދޭޝް
  3. އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަނގްލަދޭޝް
  4. މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަނގްލަދޭޝް
  5. މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަނގްލަދެޝް
  6. މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަނގްލަދޭޝް
  7. މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް
  8. ބިލާލް ހާން، ގާޒީޕޫރު، ބަނގްލަދޭޝް

މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
40%
20%
40%
ކޮމެންޓް