ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 17:57
ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
200 ނެށުންތެރިންނަށް ވަރުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފި
 
މީގެ ތެރެއިން ގިނަ ނެށުންތެރިންނާއި އެކު ވަރުން ވަނީ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައި

އެކްޓަރ ވަރުން ދަވަން 200 ނެށުންތެރިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން ހާލުގައި ޖެހިފައިވާ 200 ނެށުންތެރިއެއްގެ އެކައުންޓަށް ވަރުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުރީގެ ބެކްގްރައުންޑް ޑާންސަރ އަދި މިހާރު ލަވަތަކުގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ރާޖް ސުރާނީ ބުނެފައިވަނީ ބޭނުންޖެހިފައިވާ ނެށުންތެރިންނަށް ވަރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ފަރާތްތަކަކީ ނެށުމާއި ގުޅުންހުރި ތިން ފިލްމެއްގައި ވަރުން އާ އެކު މަސައްކަތް ކޮށްފައިވާ މީހުން ކަމަށެވެ. ނެށުންތެރިންގެ ދިރިއުޅުމުގެ ކަންތައްތައް ހުރިހގޮތާއި މެދު ކަންބޮޑުވާކަމަށާއި އަދި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވަރުން ދީފައިވާ ކަމަށް ރާޖު ސުރާނީ ވަނީ ބުނެފައެވެ.

މިމަހުގެ ކުރީކޮޅު އެކްޓަރ ޝާހިދު ކަޕޫރު ވެސް ވަނީ ބޭނުންޖެހިފައި ތިބި ބޮލީވުޑްގެ 40 ނެށުންތެރިއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ދެތިންމަހުވެސް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. ޝާހިދު ކަޕޫރަކީ ވެސް ކުރިން ބެކްގްރައުންޑް ޑާންސަރއެއް ގޮތުގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް