ހޮނިހިރު 08 އޯގަސްޓު 2020
11 އަހުލިހަ
1441 ޒުލްޙައްޖު 18
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
ޓުއަރިޒަމް މިނިސްޓްރީއަށް ޖާބިރުގެ ފާޑު ކިއުން

ކެސީނޯތަކާއި ކުލަބުތައް ހަދަން އުޅުނީ ރިސޯޓުގައި، ނަމަވެސް މިނިސްޓްރީގެ ނައިޓް ކުލަބް މާ އެޑްވާންސް: ޖާބިރު

  • ޖާބިރު ވަނީ އެތައް ފަހަރެއްގެ މަތިން ރިސޯޓުގައި ކެސީނޯއާއި ކުލަބްތައް ހެދުމަށް ހުއްދައަށް އެދިފައި
  • ކެސީނޯ ހަދަން ހުއްދަ ނުދޭން ނިންމި މައްސަލައިގައި އަލީ ވަހީދަށް މީގެ ކުރިން ވެސް ޖަބިރު ވަނީ ފާޑު ވިދާޅުވެފައި

ކ. މާލެ | 10 ޖުލައި 2020 | ހުކުރު 12:29 | 45,170

ޓުއަރިޒަމް މިނިސްޓަރުކަމުގައި އަލީ ވަހީދު ހުންނެވި އިރު، ކާށިދޫ ދާއިރާގެ މެންބަރު އޭނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - ޓްވިޓަރ

ރާއްޖޭގައި ކެސީނޯތަކާއި ނައިޓް ކުލަބްތައް ހަދަން އުޅުނީ ރިސޯޓްގައި ކަމަށާއި، ނަމަވެސް ޓުއަރިޒަމް މިނިސްޓްރީ ކުއްލި ގޮތަކަށް އެކަހަލަ ގޮތަކަށް ބަދަލުވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ހާއްސަކޮށް ޖާބިރުގެ އަމިއްލަ ރިސޯޓްތަކުގައި ކެސީނޯ އަދި ނައިޓް ކްލަބްތައް ހެދުމަކީ ޖާބިރު ހުވަފެނެކެވެ. އެކަން ކުރައްވަން ގިނަ ފަހަރެއްގެ މަތިން މަސައްކަތް ވެސް ކުރެއްވިއެވެ. މިދިޔަ އަހަރުގެ މަޖިލިސް ޖަލްސާއެއްގައި ވެސް މި މައްސަލައިގައި ޖާބިރު ވަރަށް ބޮޑަށް ރުޅިގަދަވެގެން ތަޅުމުގައި އަޑުގަދަ ކުރައްވާ މަޖިލިސް ދޫކުރެއްވިއެވެ. އަދި މަޖިލީހުގެ ކޮމިޓީއެއްގައި ވެސް ޓުއަރިޒަމް މިނިސްޓަރުކަމުގައި އެއިރު ހުންނެވި އަލީ ވަހީދަށް ވެސް ފާޑުވިދާޅުވެ އަލި ވަހީދަށް ބަހުގެ ހަމަލާތައް ދެއްވިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ހާއްސަ މެހެމާނެއްގެ ގޮތަށް ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީއަށް ދިމާވި ކަންތައް ވަރަށް ބަދު ނަސީބު ކަމަށެވެ. އަދި ކެސީނޯތަކާއި، ނައިޓް ކްލަބްތައް އަޅަން އުޅުއްވީ ރިސޯޓްތަކުގައި ކަމަށާއި، ނަމަވެސް މިނިސްޓްރީ ކުއްލިއަކަށް އެކަހަލަ ގޮތަކަށް ބަދަލުވެއްޖެ ކަމަށެވެ. އަދި މިކަހަލަ ވަރަށް ބައިވަރު ގޮތްގޮތް ދިމާވާނެ ކަމަށާއި، ރައްޔިތުން އެދަނީ ކަންކަން ބަލަމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކުރިހާ ވެސް ކަމަކީ ލޮކްޑައުންކޮށްގެން އެހެން ކަމެއް ކުރެއްވީ. އެކަންވެސް މީހުން ކިޔާ، މުޅިން ސާފެއް ނޫން. އަޅުގަނޑަކީ މާލޭ މީހެއް ނޫން، އަޅުގަނޑަކީ ހުވަދޫ މީހެއް، އައްޑޫ މީހެއް. މާލޭ ބަސް އެހާ ރަނގަޅަކަށް ނޭނގޭ އަޅުގަނޑަކަށް. ޓުއަރިޒަމް މިނިސްޓްރީގައި ހިނގައިގެން އުޅޭ ކަމެއް އެހާ ސާފެއް ނޫން. ރައީސް އެއްޗެއް ވިދާޅުވީމަ އަޅުގަނޑަށް އިނގޭނީ. ދެން މިނިސްޓަރުން ވަކި ކުރުމާއި ކަންކަން އެހީ ހިނގާ ކަންކަން. އަޅުގަނޑުމެން ބޭނުންވަނީ ކެސީނޯއާއި ނައިޓް ކުލަބްތައް ރިސޯޓުތަކުގައި ހުޅުވަން. މިނިސްޓްރީގެ ނައިޓް ކުލަބް ވަރަށް އެޑްވާންސްކޮށް ދިޔައީ. އެވަރުވީމަ ކުޑަކޮށް ޝައްކެއްގެ ތެރޭގައި މިހުރީ.

~ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރު މިހެން ވިދާޅުވެފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުގައި ހުންނެވި އިރު މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ހުށަހެޅުމުން އެކަމާއި ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވާ ހުންނަވަނިކޮށް މަގާމުން ދުރުކޮށްފައިވަނިކޮށެވެ.

އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޖިންސީ ގޯނާ ކޮށްފައިވަނީ މިނިސްޓްރީގެ ދަތުރުތަކުގައި ރިސޯޓުތަކަށް ގެންގޮސްގެން ކަމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.