ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 08:22
ބާހޫބަލީގެ ލީޑު ރޯލުން ފެނިގެންދާ އެކްޓަރ ޕްރަބާސް- ޕްރަބާސް ބުނީ މިއީ ދިރިއުޅުން ބަދަލުކޮށްލި ފިލުމެއް ކަމަށް
ބާހޫބަލީގެ ލީޑު ރޯލުން ފެނިގެންދާ އެކްޓަރ ޕްރަބާސް- ޕްރަބާސް ބުނީ މިއީ ދިރިއުޅުން ބަދަލުކޮށްލި ފިލުމެއް ކަމަށް
ގޫގުލް
ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލުމުތައް
ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމު ތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ "ބާހޫބަލީ"އަށް 5 އަހަރު
 
ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި 1000 ކުރޯޑްގެ އާމްދަނީއެއް ލިބުނު
 
ޓީމަށް ޕްރަބާސް ވަނީ ތައުރީފު ކޮށްފައި
 
ފިލްމު އުފެއްދުމަށް 250 ކްރޯޑު ހޭދަކޮށްފައިވޭ

ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމު ތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ "ބާހޫބަލީ"އަށް 5 އަހަރު ފުރިއްޖެއެވެ.

ހިންދީ، ތަމަޅަ، އަދި ތެލުގޫ ހިމެނޭ ގޮތަށް ޖުމްލަ 5 ބަހުން މި ފިލްމުގެ 2 ވަނަ ބައި ވެސް އުފައްދާފައިވާއިރު، މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އެކްޓަރ ޕްރަބާސް ވަނީ ފިލްމަށް 5 އަހަރު ފުރުމުން އެކަން އޭނާގެ އިންސްޓަގްރާމްގައި ފާހަގަ ކޮށްފައެވެ. އެގޮތުން ޕްރަބާސްއިންސްޓަގްރާމްގައިހިއްސާކުރި ޕޯސްޓެއްގައި ވަނީ ފިލްމުގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ހިއްސާކޮށް، ޓީމަށް ތައުރީފު ކޮށްފައެވެ.

އޭގެ އިތުރުން، ބާހޫބަލީ ފިލްމަކީ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް ކަމަށާއި އެ ފިލްމު ނުނެރުނު ނަމަ މީހުންނަށް އޭނާ އަކީ ކާކު ކަން ނޭނގޭނެ ކަމަށް ޕްރަބާސް މީގެ ކުރިން މީޑީއާތަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވެއެވެ.

ބާހޫބަލީގެ އެއްވަނަ ބައި (ބާހޫބަލީ- ދި ބިގިނިންގ) އަށް ފަހު، އޭގެ ދެވަނަ ބައި (ބަހޫބަލީ2- ދި ކޮންކްލޫޝަން) އަށް ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު، މި ފިލްމަކީ ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި 1000 ކުރޯޑްގެ އާމްދަނީއެއް ހޯދައި، އެތައް ރެކޯޑުތަކެއް މުގުރާލި ފިލްމެކެވެ. އެގޮތުން މި ފިލްމަށް ދުނިޔޭގެ އެކި ޤައުމުތަކުން ވެސް ބޮޑު ތަރުޚީބެއް ލިބިގެން ގޮސްފައިވެއެވެ.

ޑައިރެކްޓަރު އެސްއެސް ރާޖްމޯލީގެ މި ފިލްމަކީ ހަނގުރާމަ މަތީގެ މަންޒަރުތަކެއް ދައްކުވައިދޭ އަދި ރަސްކަމުގެ ތެރޭގައި ހިނގާ އާއިލީ ހަމަނުޖެހުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ޕްރަބާސްގެ އިތުރުން، ރާނާ ދަގުބަތީ، އަނުޝްކާ ޝެޓީ އަދި ތަމަންނާ ފަދަ ތަރިން ލީޑު ރޯލުން ފެނިގެން ގޮސްފައިވެއެވެ.

މި ފިލްމު އުފެއްދުމަށް 250 ކްރޯޑު ހޭދަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް