ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 00:33
ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު
ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު
މުހައްމަދު ޝަރުހާން
ކޮވިޑް-19 އަށް ޕޮޒިޓިވްވުން
މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ ކޭސްތަކުގައި ހިމެނެނީ ސަރުކާރުގެ އޮފީސްތަކުގެ މުއައްޒަފުން: ޑރ. ނަޒްލާ
 
މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2553ށް އަރާފައި
 
ދަރުމަވަންތަ ސްކޫލުގައި މަސައްކަތް ކުރާ މުއައްޒަފެއްގެ އިތުރުން މަޖިލީހުގެ ޑްރައިވަރެއް ވެސް ޕޮޒިޓިވްވެފައިވޭ
 
ބީއެމްއެލްގެ ދެމުއައްޒަފެއް ޕޮޒިޓިވްވެފައިވޭ

މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ ކޭސްތަކުގައި ހިމެނެނީ ސަރުކާރުގެ އޮފީސްތަކުގެ މުއައްޒަފުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އޮފީސްތައް ހުޅުވާ މަސައްކަތަށް ނުކުތުމާއެކު މިހާރު އަންނަ ޕޮޒިޓިވް ކޭސްތަކުގައި ހިމެނެނީ މުއައްސަސާތަކުގައި މަސައްކަތް ކުރާ މުއައްޒަފުން ކަމަށެވެ. އެގޮތުން ބީއެމްއެލްގެ މުއައްޒަފުންނާއި، ދަރުމަވަންތަ ސްކޫލުގައި މަސައްކަތް ކުރާ މުއައްޒަފެއްގެ އިތުރުން މަޖިލީހުގެ ޑްރައިވަރެއް ވެސް ޕޮޒިޓިވްވެފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެގޮތުން ބީއެމްއެލްގައި މަސައްކަތް ކުރާ ދެ މުފަރާތެއް، ދަރުމަންތަ ސްކޫލުގައި މަސައްކަތް ކުރާ ފަރާތެއް. މަޖިލީހުގައި މަސައްކަތް ކުރާ ޑްރައިވަރެއް އަދި ޓްރީ ޓޮޮޕް ހޮސްޕިޓަލްގެ އެއް ނަރުހެއް ޕޮޒިޓިވްވެފައިވޭ. މިއީ ކުރިން އެތަނުން ޕޮޒިޓިވްވި ކޮންޓެކްޓްވި ނަރުހެއް. އައިޖީއެމްއެޗުން ފެނިފައިވާ ކްލާސްޓަރ އާ ގުޅިފައިވާ އިތުރު އެއްކޭސްއެއް އެއީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް މިއަދު ވަނީ ފެނިފައި. އަދި ހުޅުމާލޭގައި ޖިމްއަކާ ގުޅުން ހުރި 8 ކޭސްއެއް ވޭތުވެދިޔަ 3 ދުވަހު އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ. އެފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް.
ޑރ. ނަޒްލާ ރަފީގް

އެފްއޭއެމްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ އެމިހާގެ ގައިން އަލާމަތްތައް ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި، މިކޭސްއާ ގުޅިގެން 31 މީހަކު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.

މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ ގިނަ ކޭސްތަކުގައި ހިމެނެނީ ސަރުކާރު އޮފީސްތަކުގެ މުއައްޒަފުން ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު ރަސްމީ ކޮށް ސަރުކާރުގެ އޮފީސްތައް ހުޅުވާލާފައިވަނީ މިމަހުގެ 5 ވަނަ ދަވަހެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2553ށް އަރާފައެވެ. މީގެ ތެރެއިން 2227 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ވަގުތު ފަރުވާދެމުން އަންނަނީ 306 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 13 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
10 ޖުލައި 2020 | ހުކުރު 13:17
ސައިކުރާ ނައީމު
އެންވަޔަރަމަންޓް މިނިސްޓްރީ މުވައްޒަފުން އެދުނު އެތަނުގައި ޑިއުޓީ ބަހާގޮތށް މުވައްޒަފުން މަދުކުރަން. އެކަމު ތަނުގެ ޕީއެސް އެކަމާއި އިންކާރުކޮށް ހުރިހާ މުވައްޒަފުން ނެރެގެން މަސައްކަތް ކުރަނީ.. މިފަދަ މނިސްޓްރީ ތަކާއިމެދު ފިޔަވަޅު އަޅަންޖެހޭ...
10 ޖުލައި 2020 | ހުކުރު 09:29
ޢ.މ.ކ.
ރަށްކައުތެރި ވެ ނޫޅެންޏާ މި ބަލިޖެ ހޭމީ ހުން ވާނީ އިތުރުކަން މި ހާރުވެސް ވަމުންދާގޮތުން އެބައެނގޭ، ވަޒީފާ ތަކުގައި އުޅެވޭނީ ޢާންމު މާޙައުގައި ކަމަށްވީމާ ސަމާލުވެ އުޅެން ތިމާ ވިސްނަންޖެ ހޭ. ކޮންޓްރޯލުން ނުނެއްޓެނީސް ފިޔަވަޅުނޭޅިއްޖެނަމަ ތިޔަ ހީކުރާގޮތަށްވާނީ.