ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 19:08
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
އަލްއަރަބިއްޔާ
ދުނިޔެއިން ކޮވިޑް ޖެހުނު މީހުން
މުޅި ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް އަރައިފި
 
މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެމެރިކާގައި
 
މިހާތަނަށް މުޅި ދުނިޔެއިން 12،209،393 މިލިއަން މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވޭ
 
މިދުވަސްކޮޅު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމަކީ އިންޑިއާގައި

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މުޅި ދުނިޔެއިން 12،209،393 މިލިއަން މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، ވައިރަސް ޖެހިގެން 553,013 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދު ވަނީ 7,102,085ށް އަރާފައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ވެސް އަދި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 3 މިލިއަނަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 134,920ށް ވަނީ އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައި ވަނީ ބްރެޒިލްއިންނެވެ. ބްރެޒިލްއިން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 68،089ށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލްއިންނެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާއިންނެވެ. ފާއިތުވި ފަސް ދުވަސް ތެރޭގައި އިންޑިއާއިން ލައްކައަކަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެެވެ. މިހާތަނަށް އިންޑިއާއިން ރިޕޯޓްކުރި ޖުމްލަ ކޭސްތަކުގެ އަދަދު 767،296ށް އަރާއިރު، އޭގެ ތެރެއިން 476،000 މީހުން ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ. އެ ގައުމުން މަރުވެގެން ރިޕޯޓްކޮށްފައިވާ އަދަދަކީ 21,174 އެކެވެ. އިންޑިއާގައި މިހާރު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 20،000 ކޭސް ރިޕޯޓުކުރެވެއެވެ.

ނިމިިދިޔަ މެއި އަދި އޭޕްރިލާ މަހާ އަޅާ ކިޔާއިރު، ބަލި ފެތުރެމުންދާ "ހޮޓް ސްޕޮޓްސް" ގެ ގޮތުގައި ފާހަގަކުރެވުނު ސަރަހައްދުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭރު ބޮޑަށް ބަލި ފެތުރެމުން ދިޔަ ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ބަލި ފެތުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، މިހާރު އެންމެ ބޮޑަށް ބަލި ފެތުރެމުން ދަނީ ދެކުނު އެމެރިކާ އަދި އުތުރު އޭޝިއާގެ ސަރަހައްދުތަކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް