ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 15:09
ޕީޖީ އޮފީހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތުގެ މަންޒަރެއް
ޕީޖީ އޮފީހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތުގެ މަންޒަރެއް
ޕީޖީ އޮފީސް
ކޮވިޑަށް ޕޮޒިޓިވްވުން
ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
 
ޑިސްއިންފެކްޓް ކުރަން ޖެހުމުން ބުދަ ދުވަހު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހެއް ވަނީ ކެންސަލް ކޮށްފައި
 
ޕޮޒިޓިވްވެފައިވަނީ އިދާރީ މުވައްޒަފެއް

ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހު (ޕީޖީ) ގެ އިދާރީ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން ބުދަ ދުވަހު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހެއް ވަނީ ކެންސަލް ކޮށްފައެވެ.

މި މުވައްޒަފު ޕޮޒިޓިވްވުމާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން އެ އޮފީހުގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން އޮފީސް ޑިސްއިންފެކްޓްކޮށް، ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހިއްސާ ކުރުމާއި ކޮވިޑް-19އާ ގުޅިގެން ޕީޖީ އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ ނިންމާފައެވެ.

މި ހަފުތާގައި އޮފީހުގައި މަސައްކަތް ކުރި މުވައްޒަފުން ޖުލައި 12 ވަނަ ދުވަހުން ފެށިގެން ގޭގައި މަސައްކަތް ކުރުމަށް ނިންމާފައިވާއިރު 5 ޖުލައިން ފެށިގެން 9 ޖުލައިއަށް ގޭގައި މަސައްކަތް ކުރި މުވައްޒަފުން 12 ޖުލައިން ފެށިގެން އޮފީހުގައި މަސައްކަތް ކުރާ ގޮތަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް