ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 12:57
އާންމުން ހުކުރު ކުރަނިކޮށް ނަގާފައިވާ ކުރީގެ ފޮޓޯއެއް
އާންމުން ހުކުރު ކުރަނިކޮށް ނަގާފައިވާ ކުރީގެ ފޮޓޯއެއް
އިސްލާމިކް މިނިސްޓްރީ
ޖަމާއަތުގައި ހުކުރު ނަމާދު ކުރުން
މާދަމާގެ ހުކުރު ނަމާދު ޖަމާއަތުގައި ކުރާ ގޮތަށް ނިންމައިފި
 
މާލޭގެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާރޗް މަހުގެ 18 ވަނަ ދުވަހު
 
މި ހުކުރު ނަމާދު ވެގެންދާނީ މާލެ ލޮކްޑައުން ކުރުމަށްފަހު ޖަމާއަތުގައި ކުރެވޭ ފުރަތަމަ ހުކުރު ނަމާދަށް

މާދަމާގެ ހުކުރު ނަމާދު ޖަމާއަަތުގައި ކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 10 ޖުލައި 2020 ވާ ހުކުރު ދުވަހުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ކުރިއަށްދާނެ ކަމަށެވެ.

މި ހުކުރު ނަމާދު ވެގެންދާނީ މާލެ ލޮކްޑައުން ކުރުމަށްފަހު ޖަމާއަތުގައި ކުރެވޭ ފުރަތަމަ ހުކުރު ނަމާދަށެވެ. ޖުލައި 1 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

ޖަމާއަތް ހެދުމަށް މިސްކިތްތައް ހުޅުވާލާފައިވާއިރު، މިސްކިތް ބެލެހެއްޓުމަށާއި، މިސްކިތައް ދާ މީހުން، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުވާން ޖެހޭ ކަންތައްތަކެއް، އިސްލާމިކް މިނިސްޓްރީންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަނޑައަޅައި އާންމު ކޮށްފައެވެ.

މާލޭގެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
50%
0%
0%
0%
ކޮމެންޓް