ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 13:37
ގޭމްގެ އެސްޖީ ސައުދﷲ އަހުމަދު
ގޭމްގެ އެސްޖީ ސައުދﷲ އަހުމަދު
ފޭސްބުކް
ގޭމްސްގެ އެސްޖީ އަށް ޖިންސީ ގޯނާގެ ތުހުމަތު
ގޭމްގެ އެސްޖީ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އިންކާރުކޮށްފި
 
ގޭމްގެ ރައީސް ވަނީ އިސްތިއުފާ ދެއްވާފައި
 
ނުފޫޒެއް ނުފޯރުވަން: ގޭމްގެ އެސްޖީ

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ގޭމްސްގެ އެޑްމިން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ސައުދުގެ މައްޗަށް ކުރެވި، އެސްޖީގެ މަގާމުން ސަސްޕެންޑް ކޮށްފައެވެ. ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ސައުދު ވިދާޅުވީ، ޖިންސީ ގޯނާކުރި ކަމަށް ދެކެވޭ ވާހަކަ އަކީ ސައްހަ ވާހަކައެއް ނޫން ކަމަށެވެ. އަދި އެކަމަށް އިންކާރުކުރާ ކަމަށެވެ.

އެ މައްސަލަ އަކީ އެކްޒެކްޓިވް ކޮމިޓީން އިސްނަގައިގެން ބަލަން ނިންމި މައްސަލައެއް ކަމަށްވާތީވެ، އަދި އެ މައްސަލަ ބަލަން އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައިފިނަމަ އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަަމަށްވެސް ސައުދު ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލަ ޖިންސީ ގޯނާގެ މައްސަލަތައް ބެލޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ގެމްސްގެ ރައީސްގެ މަގާމުން މޫސާ ނާސިހު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނާސިހު ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު، ހުށަހެޅުނު ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް އިންޓަރނަލް އެފެއާޒް ކޮމެޓީން ފާސްކުރި ކަމަށެވެ.

ނަމަވެސް މި މައްސަލަ ބެލުމަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މީހާގެ ފަރާތުން އެއްބާރުލުން ނުލިބި، އަދި އޭނާގެ ނުފޫޒުން، އެ އެސޯސިއޭޝަންގެ އެޒްޒެކެޓިވް ކޮމެޓީ (އެކްސްކޯ) ބައެއް މެމްބަރުން ވެސް މި މައްސަލަ އޮއްބާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެކަމަކު ސައުދު ވިދާޅުވީ، ކަހަލަ އެއްވެސް ނުފޫޒެއްގެ ފޯރުވާފައިވާ ނުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
14%
21%
0%
57%
0%
7%
ކޮމެންޓް
9 ޖުލައި 2020 | ބުރާސްފަތި 13:58
ރޯޔަލް
މިވެސް ރޯޔަލް ފެމެލީ މީހެއް ކަންނޭންގެ.