ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 12:59
އިންޑިއާގައި ކޮވިޑަށް އާންމުން ޓެސްޓްކުރަނީ
އިންޑިއާގައި ކޮވިޑަށް އާންމުން ޓެސްޓްކުރަނީ
ދި ގާޑިއަން
ކޮވިޑް-19، އިންޑިއާ
5 ދުވަސް ތެރޭގައި އިންޑިއާ އިން 1 ލައްކަ ކޭސް ރިޕޯޓުކޮށްފި
 
ބުރާސްފަތި ދުވަހު 24،879 ކޭސް ރިޕޯޓުކޮށްފައިވޭ
 
މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްގޮތެއްގައި 20000 ކޭސް ރިޕޯޓުކުރެވޭ

ފާއިތުވި ފަސް ދުވަސް ތެރޭގައި އިންޑިއާއިން ލައްކައަކަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ ބުރާސްފަތި ދުވަހު 24،879 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި އަދި އެއީ އެއްދުވަސް ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކުރެވުނު ފަހަރު ކަމަށެވެ.

މިހާތަނަށް އެގައުމުން ކޮވިޑް-19 ގެ 767296 ކޭސް ރިޕޯޓުކޮށްފައިވާއިރު 476000 މީހުން ވަނީ ފަރުވާ ލިބިގެން ބަލިން ރަނގަޅުވެފައެވެ. އަދި 21،129 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އިންޑިއާގައި ކޮވިޑް-19 ހަލުވި މިނެއްގައި ފެތުރެމުންދާއިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 20000 ކޭސް ރިޕޯޓުކުރެވެއެވެ.

އަދި ކޮވިޑް-19ށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިންޑިއާ ވަނީ އަންގާރަ ދުވަހު އަރާފައެވެ. ހޯމަ ދުވަހުގެ ނިޔަލަށް އެންމެ ގިނައިން ކޮވިޑްގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ގައުމަކަށް ރަޝިއާ އޮތް ނަމަވެސް، އިންޑިއާގެ އެކި ސިޓީތަކުގައި ރެކޯޑް އަދަދުތަކަށް ކޭސްތައް އިތުރުވުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް