ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 12:22
އދ. މާމިގިލީގައި ޤާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު
އދ. މާމިގިލީގައި ޤާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް އިން އދ. މާމިގިލީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
 
119 އޭޓީއެމް މިހާތަނަށް ޤާއިމުކޮށްފައިވޭ
 
ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރުމަށް ބޭންކުން އިލްތިމާސްކުރޭ
 
24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން އދ. މާމިގިލީގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފު ކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

އދ. މާމިގިލީ އޭޓީއެމުން މީހަކު ހިދުމަތް ހޯދަނީ

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ މީގެ ކުރިން ވިދާޅުވީ، މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބީއެމްއެލްއިން ކުރަމުންދާ ކަމަށެވެ.

ބީއެމްއެލްގެ އިލްތިމާސަކީ ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ޚިދުމަތްތައް ބޭނުންކުރެއްވުމެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއް ބޭންކުގެ ބްރާންޗުތަކަށާއި ސަރވިސް ސެންޓަރުތަކަށް ނުގޮސް ލިބޭނެ ގޮތް ހަމަޖައްސާފައިވެއެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައެވެ.

ގޭގައި ތިބެގެން ބޭންކިންގ ޚިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
0%
0%
0%
0%
0%
0%
ކޮމެންޓް