ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 08:52
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތެރިވަނީ
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތެރިވަނީ
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
 
މިއެކްސިޑެންޓާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އަދިވަނީ ލިބޭ ގޮތް ނުވެފައި
 
ބާރު ސްޕީޑްގައި ދުއްވާފައި އައި މީހާ މިއެކްސިޑެންޓް ވުމުން ފިލާފައިވާ ކަމުގެ މައުލޫމާތު ލިބޭ
 
އެކްސިޑެންޓުގައި އެކަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ

މަޖީދީ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ބުދަ ދުވަހުގެ ރޭ މަންޒަރު ދަށް މީހެއް ރާއްޖެއެމްވީއަށް ބުނީ 23:45 ހާއިރު މަޖީދީ މަގު އަރަބިއްޔާ ފްލެޓާއި ކައިރިން ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހުމުންނެވެ. އަދި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ މީހާ އެކްސިޑެންޓް ވުމުން ފިލާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
31%
0%
62%
8%
0%
0%
ކޮމެންޓް