ކ. މާލެ
|
8 ޖުލައި 2020 | ބުދަ 22:40
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު؛ މިނިސްޓަރާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ވަނީ ރައީސްއާ ހަމައަށް ގެންދަވާފައި
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު؛ މިނިސްޓަރާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ވަނީ ރައީސްއާ ހަމައަށް ގެންދަވާފައި
އަމަން ހަލީމް
އަލީ ވަހީދަށް ކުރެވޭ ތުހުމަތުތައް
ތުހުމަތުތަކަށް އަލީ ވަހީދުގެ ރައްދު: ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ
 
މިއީ ކެބިނެޓްގެ މިނިސްޓަރެއް އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ފުރަތަމަ ފަހަރު
 
އަލީ ވަހީދު ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާ ޓްވީޓް ކުރައްވާފައި
 
އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވީ ރައީސް ސޯލިހު

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވޭ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލައިގެ ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު ރައްދު ދެއްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ބުދަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ. އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގަވާފައިވަނީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވަނިކޮށެވެ.

މިކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ތެދުވެރިކަމާއި ވަރުބަލި ކަމެއްނެތި މަސައްކަތް ކޮށްދެއްވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައިވާއިރު މީގެ ކުރިން ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ނިސްބަތް ކުރައްވާ ބޭއަދަބީ ވާހަކަތަކެއް ދެއްކެވި ފޯނު ކޯލެއްގެ އޯޑިއެއް ލީކުވެފައެވެ. އަދި މިނިސްޓަރު ނަހުލާ ވަނީ މި މައްސަލަ ރައީސް ސާލިހުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިނިސްޓަރު ނަހުލާ ވެސް ވަނީ އެ ފޯނު ކޯލުތަކަކީ ސައްހަ ފޯނުކޯލުތަކެއް ކަމަށް މީގެ ކުރިން ކަށަވަރުކޮށްދެއްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
48%
7%
10%
14%
3%
17%
ކޮމެންޓް
9 ޖުލައި 2020 | ބުރާސްފަތި 02:49
662
ކޮންމެ ކަމަކީވެސް ވަގުތު ޖެހުމުން ނިމިގެން ދާނެ ކަމެއްކަން ވިސްނާގެން އުޅެންވީ. ހިނގާ ރަށުތެރޭން ކަމެއް ހޯދަން
9 ޖުލައި 2020 | ބުރާސްފަތި 00:45
ވެނީލާ
މަށަށް ޓޫރިޒަމް މިނިސްޓަރުކަން ދީބަލަ. ޕުލީސް. 7 ގެ ފެންވަރު އެބަހުރި.
8 ޖުލައި 2020 | ބުދަ 22:56
ޢަހަރެން
ލާރި ކެވިއްޖެ .. ތިވީ ރަނގަޅަށް . ޢަލްހަމްދުލިއްﷲ