ކ. މާލެ
|
8 ޖުލައި 2020 | ބުދަ 18:57
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ކޮވިޑާއި ގުޅިގެން އެ ޖަމިއްޔާއާ މެދު ނުރުހުން ފާޅުކޮށް މީގެ ކުރިން ވަކިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް؛ ކޮވިޑާއި ގުޅިގެން އެ ޖަމިއްޔާއާ މެދު ނުރުހުން ފާޅުކޮށް މީގެ ކުރިން ވަކިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައި
އޭއެފްޕީ
އެމެރިކާ ޑަބްލިއުއެޗްއޯއިން ވަކިވުން
ޑަބްލިއުއެޗްއޯއިން އެމެރިކާ ރަސްމީކޮށް ވަކިވާން ސިޓީ ފޮނުވައިފި
 
ޑަބްލިއުއެޗްއޯއިން ވަކިވާން ސިޓީ ވަނީ ފޮނުވާފައި
 
ރަސްމީކޮށް ވަކިވާނީ އަންނަ އަހަރުގެ ޖުލައި މަހުގައި

ކޮވިޑް-19 ގެ ބަލިމަޑުކަން އެމެރިކާގައި އިންތިހާއަށް ބޮޑުވެފައިވަނިކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ވަކިވާން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސްގެ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އަންގައިފިއެވެ.

ޑަބްލިއުއެޗްއޯއިން ރަސްމީކޮށް އެމެރިކާ ވަކިވާން ނިންމިކަން އެގައުމުގައި އިސް އޮފިޝަލުންތަކެއް ވަނީ ބައިނަލް އަގުވާމީ ގިނަ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ޑަބްލިއުއެޗްއޯއިން ވަކިވާން އެމެރިކާއިން ނިންމި ނަމަވެސް އެއަށް އަމަލީ ސިފަ އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގައެވެ. ޓްރަމްޕް ސަރުކާރުގެ މި ނިންމުމައެކެ އެގައުމުގެ ގާނޫނު ހަދާ މީހުންނާއި، ސިއްހީ ޖަމިއްޔާތަކާއި، އެޑްވޮކަސީ އޮގަނައިޒަރުންގެ އިތުރުން ބޭރުގައި ތިބި އެގައުމުގެ ވާގިވެރިން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމެރިކާގެ ރައީސްކަމަށް ވާދަ ކުރައްވަމުން ގެންދަވާ ޖޯ ބައިޑަން ވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ އަލުން އެ ނިންމުން މުރާޖާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ޑަބްލިއުއެޗްއޯއިން ވަކިވާން ނިންމިކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު ކަމަށާއި، އެ ނިންމުން ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލްއަށް ފޮނުވާފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ޑަބްލިއުއެޗްއޯއިން ވަކިވާން ނިންމި ކަމުގެ ނޯޓިސް ލިބިފައިވާ ކަމަށާއި، އެކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި އެއް އަހަރު ދުވަހު މުއްދަތެއް ދީފައިވޭތޯ އަދި ފައިސާގެ ކަންކަން ރަނގަޅަށް ނިންމާފައިވޭތޯ ބަލަމުންދާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަކިވާކަން ހާމަކޮށް އެމެރިކާއިން ފޮނުވަފައިވަނީ ކުރު ސިޓީއެއް ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން އެ ސިޓީގައި އޮތީ އެންމެ ތިން ޖުމްލަ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް