ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 21:03
ބްރެޒިލްގެ ރައީސް ރައީސް ޖައި ބޮލްސޮނާރޯ އަށް ތާޢީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން
ބްރެޒިލްގެ ރައީސް ރައީސް ޖައި ބޮލްސޮނާރޯ އަށް ތާޢީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގެން
ރޮއިޓަރސް
ކޮވިޑް-19ށް ޕޮޒިޓިވްވުން
ބްރެޒިލްގެ ރައީސް ބޮލްސޮންޔާރޯ ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
 
ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ބިރު ނުގަންނާނެ ކަމަށް ވިދާޅުވި
 
މިބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ސިފަކުރައްވާ ވާހަކަތައް ދައްކަވާފައިވޭ
 
ކޮވިޑް-19އަށް ހަތަރު ފަހަރު ޓެސްޓު ކޮށްފައިވޭ

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮންޔާރޯ ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް ބޮލްސޮންޔާރޯ ވަނީ ކޮވިޑް-19ށް ހަތަރު ފަހަރު ޓެސްޓު ކޮށްފައެވެ.

ހޯމަ ދުވަހު ރައީސް ބޮލްސޮންޔާރޯ ހުން ގަދަވެ، ކޮވިޑް-19ގެ އަލާމާތްތައް ފެނުމާ ގުޅިގެން ކޮވިޑް-19ށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.

ބްރެޒިލްގެ ރައީސް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މިވަނީ މިބައްޔަކީ އާދައިގެ ރޯގާއެއް ކަމަށް ސިފަކުރައްވާ ވާހަކަތައް ދައްކަވާފައިވަނިކޮށްށެވެ. އޭޕްރީލް މަހު ރައީސް ބޮލްސޮންޔާރޯ ވިދާޅުވީ އެމަނިކުފާނަށް ކޮވިޑް-19 ޖެހުނު ކަމުގައި ވިޔަސް މާބޮޑަށް ބިރު ނުގަންނާނެ ކަމަށާއި، ކަންބޮޑު ނުވާނެ ކަމަށެވެ.

މާބޮޑު ސަމާލުކަމެއް ނުދެއްވާ މޭރުމަކުން ރައީސް ބޮލްސޮންޔާރޯ ވަނީ އެކި ސިޓީތައް ވެސް ލޮކްޑައުން އަކަށް ދިޔަ ނަމަވެސް ހާލަތު ރަނގަޅުނުވާނެ ކަމަށާއި، ކަންކަން ފަސޭހަކޮށްލާ ދޫކޮށްލުމަށް ހިތްވަރު ދެއްވާ ގަވަރުނަރުންނާއި މަޝްވަރާ ކުރައްވާފައެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އެގައުމުގެ ރައީސްއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އެމަނިކުފާނަށް ތާޢީދު ކުރާ ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާ އެއްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް