ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 19:41
ޔުނައިޓެޑްގެ މިޑްފީލްޑަރު ނަމަންޏާ މަޓިޗް: އޭނާ އެއްބަސްވުން އާކުރީ އިތުރު ތިން އަހަރަށް
ޔުނައިޓެޑްގެ މިޑްފީލްޑަރު ނަމަންޏާ މަޓިޗް: އޭނާ އެއްބަސްވުން އާކުރީ އިތުރު ތިން އަހަރަށް
ގެޓީ އިމޭޖަސް
މަޓިޗް އެއްބަސްވުން އާކުރުން
އިތުރު ތިން އަހަރަށް ޔުނައިޓެޑުގެ އެއްބަސްވުން މަޓިޗް އާކޮށްފި
 
ޔުނައިޓެޑާއެކު މަޓިޗް އަލަށް ހެދި އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑާއެކު ސާބިއާގެ މިޑްފީލްޑަރު ނަމަންޏާ މަޓިޗް ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފިއެވެ.

މިއަހަރުގެ މާޗު މަހުގެ ތެރޭގައި މަޓިޗް ވަނީ ޔުނައިޓެޑްގެ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އާކޮށްފައެވެ. އެކަމަކު ދާދި ފަހުން އަނެއްކާވެސް ޔުނައިޓެޑްގެ އެއްބަސްވުން މަޓިޗް އާކުރިއިރު، އޭނާގެ އެއްބެސްވުން ދެން ހަމަވާނީ 2023 ވަނަ އަހަރެވެ.

މީގެކުރިން ޗެލްސީ އަދި ބެންފީކާ އަށްވެސް ކުޅެފައިވާ މަޓިޗް ޔުނައިޓެޑަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 114 މެޗުގައި 4 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑާއެކު މަޓިޗަށް މިހާތަނަށް ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ ޗެލްސީއާއެކު ދެ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް