ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 19:11
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ގޫގުލް
ރާއްޖޭގެ ފަތުރުވެރިކަން
ބޯޑަރު ހުޅުވާލުމާއެކު 41 ރިސޯޓު އޮޕަރޭޓް ކުރާނެ: ޓޫރިޒަމް މިނިސްޓްރީ
 
ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ
 
11 ރިސޯޓެއް މިއަހަރު ތެރޭގައި އޮޕަރޭޝަން ފެށުމާއި މެދު ވަކި ގޮތެއް ނުނިންމާ
 
އޮކްޓޯބަރު މަހު 47 ރިސޯޓު އޮޕަރޭޓް ކުރަން ފަށާނެ

ބޯޑަރު ހުޅުވާލުމާއެކު 41 ރިސޯޓު އޮޕަރޭޓް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ރާއްޖޭގެ ރިސޯޓުތައް އަލުން އޮޕަރޭޝަނަށް ފަށާނެ ދުވަސްތައް ހިމެނޭ ޓެންޓޭޓިވް ރިޕޯޓު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާއިރު 25 ރިސޯޓެއް އޮގަސްޓު މަހުން ފެށިގެން އޮޕަރޭޝަނަށް އަންނާނެއެވެ. އަދި އިތުރު 28 ރިސޯޓެއް ސެޕްޓެމްބަރު މަހު ތެރޭ އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އޮކްޓޯބަރު މަހު 47 ރިސޯޓެއް އަދި ނޮވެމްބަރު މަހުގައި ދެ ރިސޯޓު އަދި ޑިސެމްބަރުގައި އެއް ރިސޯޓު އޮޕަރޭޓް ކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ރިޕޯޓުގައިވާ ގޮތުން އަދި 11 ރިސޯޓެއް މިއަހަރު ތެރޭގައި އޮޕަރޭޝަން ފެށުމާއި މެދު ވަކި ގޮތެއް ނުނިންމައެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި ބައެއް ރިސޯޓުތައް މިހާރު ވެސް އޮޕަރޭޓް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭނީ ފޯސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް، ފޯ ސީޒަންސް ލަނޑާ ގިރާވަރު، ލިލީ ބީޗް، ލަކްސް ނޯތު މާލެ އެޓޯލް، އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި، ސޮނެވާފުށި، އަންގްސާނާ ވެލާވަރުގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑެވެ.

ރާއްޖޭގެ ބޯޑަރުތައް މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާއިރު ބޯޑަރުތައް ހުޅުވާލުމާއެކު މަޑުމަޑުން ފަތުރުވެރިކަން ކުރިއަރައި ގަނެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19 މި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާއިރު ސަރުކާރުން އަންނަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އިޤްތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާއި ކުރިމަތިލާން ޖެހުމާއި ގުޅިގެން ރިސޯޓުތަކާއި ބިންތަކުގެ ކުލި 01 އަހަރު ދުވަހަށް ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް