ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 19:09
ބިލް ތަސްދީގުކުރެއްވީ ރައީސް ސޯލިހު
ބިލް ތަސްދީގުކުރެއްވީ ރައީސް ސޯލިހު
ރައީސް އޮފީސް
ޖިނާއި އިޖުރާތުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައު
ޖިނާއި އިޖުރާތުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވައިފި
 
އޮންލައިން މެދުވެރިކޮށް ހާއްސަ ހާލަތްތަކުގައި ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދޭ
 
ގާނޫނު ވަނީ މިހާރު ގެޒެޓްކޮށްފައި
 
ފާސްކުރީ ޖޫން މަހުގެ 29 ގައި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހަކީ ޖޫން މަހުގެ 29 ވީ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ އިސްލާކެހެކެެވެ.

‏ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހާއްސަ ހާލަތްތަކުގައި ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

އެގޮތުން، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުމާއި، ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށް ބުރޫއަރާފާނެ ހާލަތްތަކަކީ ހާއްސަ ހާލަތްތަކެއް ކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް އިއުތިރާޒު ނުކުރާނަމައެވެ.

އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 30 ވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް އެ ބިލުގައި ހިމަނާފައިވެއެވެ.

މި ބލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެގެޒެޓުގައިޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
100%
0%
ކޮމެންޓް