ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 13:44
އެމްއޭސީއެލްގެ މުވައްޒަފުންތަކެއް
އެމްއޭސީއެލްގެ މުވައްޒަފުންތަކެއް
އެމްއޭސީއެލް
އެމްއޭސީއެލް
އެމްއޭސީއެލްގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި
 
ކުރިން އެބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ބޯޑަށް ސަރުކާރުން އަލަށް އައްޔަންކުރައްވާފައިވާ 2 ބޭފުޅުންނަކީ ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އާއި ފަރުހާން އަބްދުއްޣަފޫރުއެވެ. އެމްއޭސީއެލްގެ ބޯޑަށް އަލަށް 2 ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ކުރިން އެބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު ދާދިފަހުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަރޓް އައްޔަނު ކުރައްވާފައެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވިތަ ދޮޅު އަަހަރެއްހާ ދުވަސް ފަހުންނެވެ. އެމްއޭސީއެލްގެ އެމްޑީކަމުގެ މަގާމުން އާދިލް އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން ވަގުތީ ގޮތުން އެމްއޭސީއެލް ބެލެހެއްޓުމާ ހަވާލުވެ، އެކްޓިންގ އެމްޑީގެ މަގާމު އަދާކުރައްވަމުން އައީ މުސާ ސޯލިހުއެވެ.

0%
0%
0%
0%
0%
100%
ކޮމެންޓް