ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 07:59
ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ ޑިޒައިނެއް
ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ ޑިޒައިނެއް
ސަން އޮންލައިން
ފިނޭންސް އާ އިމާރާތުގެ މައްސަލަ
ޑަބްލިއުޒެޑްއާރް އަށް، 22 މިލިއަން ޑޮލަރު ދައްކަން އެޗްޑީސީ އަށް އަމުރުކޮށްފި
 
މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަމަށް އެދޭނަން
 
މަސައްކަތް ހަވާލުކުރީ 2016 ވަނަ އަހަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ، ޑަބްލިއުޒެޑްއާރް ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގްރޫޕް އިން، އެޗްޑީސީ އާ ދެކޮޅަށް އޭޝިއަން އިންޓަރނޭޝަން އާބިޓްރޭޝަން ސެންޓަރ އަށް ހުށައެޅި މައްސަލަ އެކުންފުނިން ކާމިޔާބުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް ޑަބްލިއުޒެޑްއާރްއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކުންފުނިން ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދޭތީވެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފައިސާ ނުލިބޭތާ ދެ އަހަރު ވަނީ ވެފައެވެ. ކުންފުނިން އިންވޮއިސް ފޮނުވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުއެވެ.

މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޖުލައި މަހުގެ ފަސްވަނަ ދުވަހު އާބިޓްރޭޝަނުން އެ މައްސަލަ ނިންމީ 2018 ވަނަ އަހަރުގެ މެއި މަހު އެ ކުންފުނިން އެޗްޑީސީ އަށް ފޮނުވި އިންވޮއިސް އަށް ވާ، 22,823,432.68 (ބާވީސް މިލިއަން އަށްލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ ތިރީސް ދެ) ޑޮލަރު ހަތް ދުވަސް ތެރޭގައި ދެއްކުމަށެވެ. ފައިސާ ދައްކަން އަމުރުކޮށްފައިވަނީ އަހަރެއްގެ މައްޗަށް އިންޓްރެސްޓް ރޭޓަށް އަރާ 6.5 އިންސައްތައާ އެކުއެވެ.

އެޗްޑީސީން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހޯދަން މެލޭޝިޔާގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ފައިސާ ހޯދަން އެދޭނެ ކަމަށް ޑަބްލިއުޒެޑްއާރްގެ އެކްޒެކްޓިވް ޑިރެކްޓަރ ވެން ނަޑްޒީރާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ފިނޭންސް މިނިސްޓްރީގެ އިމާރާތް ކުރަން ވީޒެޑްއާރްއާ ހަވާލުކުރުން

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ޑަބްލިއުޒެޑްއާރާ ހަވާލުކުރީ 2016 ވަނަ އަހަރުއެވެ. ކުރިން، މާލޭގައި އަޅަން ކޮންޓްރެކްޓް ކުރި އިމާރާތް ހުޅުމާލޭގައި އަޅަން ވީޒެޑްއާރްއާ އެޗްޑީސީއާ ދެމެދު، 122.8 މިލިއަން ޑޮލަރުގެ މަޝްރޫއު އެއްގައި ސޮއިކުރީ 2017 ވަނަ އަހަރުގެ މާޗް މަހުއެވެ. މަސައްކަތް ނިންމަން ކޮންޓްރެކްޓް ގައި ބުނެފައިވާ ތާރީހަކީ މި އަހަރުގެ އޮގަސްޓު މަހެވެ. ޕްރޮޖެކްޓް ލަސްވެގެން ދިޔައީ ދިވެހި ސަރުކާރަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ކުންފުންޏާ ހަވާލާދީ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެޗްޑީސީއާ އެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޕްރޮޖެކްޓަށް ހަރަދުކުރާނީ އެޗްޑީސީންނެވެ. ޑަބްލިއުޒެޑްއާރް ރޯލަކީ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އެޗްޑީސީ އަށް ހޯދައިދިނުމެވެ. މެލޭޝިޔާގެ ކުންފުނިން ވަނީ އެޗްޑީސީއަށް ފަންޑާއި ލޯނު ހޯދަން މަސައްކަތްތަކެއް ކޮށްފައެވެ. ކުންފުނިން ކުރި މަސައްކަތް ނާކާމިޔާބުވެ ދެ ފަރާތުން އެއްބަސްވުމަކާ ހިސާބަށް ނާދެވުނު ކަމަށް އާބިޓްރޭޝަނުން އަށް ހުށައެޅި މައްސަލާގައި ބުނެފައިވާ ކަމަށް މެލޭޝިޔާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ޕްރޮޖެކްޓްގެ 18 އިންސައްތަ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ފަހު 2018 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު އެ ކުންފުނިން ވަނީ 30 މިލިއަން ޑޮލަރުގެ އިންވޮއިސް އެއް އެޗްޑީސީއަށް ފޮނުވާފައެވެ. ފަހުން އިންވޮއިސް ވަނީ 28 މިލިއަން ޑޮލަރަށް ބަދަލުކޮށްފައެވެ. އެކަމަކު އެ އިންވޮއިސް އަށް ފައިސާ ދައްކަން އެޗްޑީސީން ދެކޮޅު ހެދިކަމަށް ވީޒެޑްއާރުއާ ހަވާލާދީ މެލޭޝިޔާ ނޫހުން ރިޕޯޓްކުރެއެވެ.

އެޗްޑީސީން ފައިސާ ދެއްކުމަށް ދެކޮޅު ހެދި ސަބަބެއްކަމަށް މެލޭޝިޔާ ނޫހުން ބުނެފައިވަނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް ހޯދަން އެޗްޑީސީއަށް ޖެހޭ ސަބަބުން ބަޔާން ކޮށްދިނުމަށެވެ.

އެހެންނަމަވެސް ޑަބްލިއުޒެޑްއާރުން ބުނެފައިވަނީ އެމީހުންގެ ދައުރަކީ މިކަމުގައި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި އެޗްޑީސީއަށް އެހީތެރިވެދިނުން ކަމަށާއި އެގޮތުގެ މަތިން ތިން ފަރާތެއްގެ މައުލޫމާތު އެޗްޑީސީއަށް ފޯރުކޮށްދިން ކަމަށެވެ. ނަމަވެސް އެޗްޑީސީން ފައިސާގެ ކަންތަކުގައި އެއްބަސްވުމަކާ ހިސާބަށް އެއްވެސް ފަރާތަކާއެކު އައިސްފައިނުވުމުގެ ސަބަބުން ޕްރޮޖެކްޓްގެ އަގު މައްޗަށްގޮސްފައިވާ ކަމަށް މެލޭޝިޔާގެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެޗްޑީސީން ވަނީ 3 މިލިއަން އެމެރިކާ ޑޮލަރު ވީޒެޑްއާރަށް ދައްކާފަ އެވެ. ނަމަވެސް ބާކީވާ 25 މިލިއަން ޑޮލަރު ނުލިބޭކަމަށް ޑަބްލިއުޒެޑްއާރް ބުނެފައިވާކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

ޖުލައި މަހުގެ 5 ވަނަ ދުވަހު އާބިޓްރޭޝަނުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެޗްޑީސީއަށް މިމައްސަލައިގައި ކޮންޓްރެކްޓަށް ފަހުން ގެނެވުނު ބަދަލަށް ބަރޯސާވެ ޑަބްލިއުޒެޑްއާރް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަސް ނުކުރެވޭނެކަމަށެވެ. އަދި ޕްރޮޖެކްޓަށް ފަންޑު ހޯދައިދިނުމަށް ޑަބްލިއުޒެޑްއާރް އެއްބަސްވިގޮތާއި އެއްގޮތަށް އެކަމުގައި އެޗްޑީސީއަށް އެހީތެރިވެ ދީފައިވާކަމަށް އާބިޓްރޭޝަންގެ ނިންމުމުގައި ބުނެފައިވެ އެވެ.

އަދި ޕްރޮޖެކްޓަށް ފައިސާ ހޯދުމާއި އެގްރިމެންޓަކާ ހަމައަށް އައުމަކީ އެޗްޑީސީގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމެއް ކަމަށާއި އެއީ ވީޒެޑްއާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމެއް ނޫންކަމަށްވެސް އާބިޓްރޭޝަނުން ބުނެފައިވެ އެވެ.

އާބިޓްރޭޝަންގެ ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
11%
0%
44%
28%
6%
11%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި