ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 22:08
ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ
ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
މިހާތަނަށް ނިޔާވެފައިވަނީ ޖުމްލަ 12 މީހުން
 
361 އެކްޓިވް ކޭސް ވެސް ހިމެނޭ
 
ވައިރަސްއަށް ފޮޒިޓިވްވި 23 މީހުންގެ ތެރޭގައި 16 ދިވެހިން ހިމެނޭ

ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހުގެ ރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 7 ޖުލައިގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް ޖުމްލަ 2,491 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ވައިރަސްއަށް ފޮޒިޓިވްވި 23 މީހުންގެ ތެރޭގައި 16 ދިވެހިންނާއި 7 ބަންގްލަދޭޝް ރައްޔިތުން ހިމޭނެ ކަމަށެވެ.

މީގެ ތެރެއިން 361 އެކްޓިވް ކޭސް ހިމެނޭއިރު ޖުމްލަ 2113 މީހުން ވައިރަސް ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ 107 މީހަކު ކަރަންޓީން ފެސިޓިލީގައި ތިބި ކަމަށާއި އައިސޮލޭޝަން ފެސެލިޓީގައި 280 މީހުން އެބަތިބި ކަމަށެވެ.

ކޮވިޑް-19 މި ބަލި ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ ޖުމްލަ 12 މީހުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
0%
33%
33%
0%
0%
ކޮމެންޓް