ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 17:27
އެމިރޭސްޓްގެ ފްލައިޓެއް ރާއްޖޭގައި - ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 15 ވަނަ ދުވަހު
އެމިރޭސްޓްގެ ފްލައިޓެއް ރާއްޖޭގައި - ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުލައި 15 ވަނަ ދުވަހު
މޯލްޑިވްސް އިންސައިޑަރ
އެމްއޭސީއެލް
ރާއްޖެއަށް ދަތުރުތައް ފެށުމަށް 12 އެއަރލައިނަކުން ޝެޑިއުލްކޮށްފި
 
ޖުލައި 15 އިން އޮގަސްޓު މަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއަރލައިންތަކަށް ޑިސްކައުންޓް ދޭން ނިންމާފައިވޭ
 
މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެއް
 
މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެ

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 12 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. މި ފްލައިޓު އަންނާނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. ޤަތަރު އެއަރވޭސްގެ އިތުރުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްއިންނެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެއެވެ. އަދި ދުބާއީ އިން ރާއްޖެއަށް ހަފްތާއަކު 5 ދުވަހު ދަތުރުތައް ކުރާނެއެވެ.

މި މަހުގެ 18 ވަނަ ދުވަހު އިއްތިހާދު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިއްތިހާދުން ރާއްޖެއާއި އަބޫދާބީ އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެއެވެ.

މީގެ އިތުރުން ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ސިލްކްއެއަރ، ހޮންގް ކޮންގް އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް އަދި ބުރިޓިޝް އެއަރވޭސް އިން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު މަހު ސްވިޓްޒަލެންޑުގެ އެޑެލްވައިސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާއިރު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓަރކިޝް އެއަރލައިންސްގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށާނެއެވެ.

ރާއްޖެއަށް ދަތުރުތައް ފެށުމަށް 12 އެއަރލައިނަކުން ޝެޑިއުލްކޮށްފައިވާއިރު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން އެމްއޭސީއެލުން ވަނީ ނިންމާފައެވެ.

އެމްއޭސީއެލުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރު ކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ލޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެ ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުލައި 15ން ފެށިގެން އަންނަ މާރޗު މަހުގެ 26ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ޑިސްކައުންޓު ދޭނެ ކަމަށެވެ.

ޖުލައި 15 އިން އޮގަސްޓު މަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއަރލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 އިންސައްތަ ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއަރލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާރޗު 26 ގެ ނިޔަލަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ހާމަކުރެއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ދުވަހުއެވެ. އަދި ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެއަރލައިންތަކާއި އެއަރޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އިން ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
67%
11%
0%
11%
0%
ކޮމެންޓް
7 ޖުލައި 2020 | އަންގާރަ 05:56
އަހްމަދު
އަންނަ ޖުލައި މަހެއްނޫން މި ހިނގާ ޖުލައިމަސއ ޚަބަރުގައިވާ ކުއަ އިސްލާހް ކުރާނެކަމަށް އުންމީދު ކުރަން.
6 ޖުލައި 2020 | ހޯމަ 21:30
ލައްޗެ
އާޓިކަލް ތައް ލިޔާއިރު މީހުން ނަށް ކިޔަން ފަސޭހަ ގޮތަކައް ލިޔުން އެދެން! މިސާލަކަށް- ރާއްޖެ އަށް އޮޕަރޭޓް ކުރަން ފަށާ އެއާރލައިން ތައް 1. ޤަޠަރ އެއަރ ވޭސް - 15 ޖުލައި 2. އެމިރޜޓްސް - 17 ޖުލައި މިކަހަލަ ގޮތަކަށް!