ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 16:19
ޕްރިޔާދަރްޝަން
ޕްރިޔާދަރްޝަން
ގޫގުލް
އަކްޝޭ ކުމާރު
އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން
 
އަކްޝޭއަށް ނެޝަނަލް ފިލްމު އެވޯޑް ލިބުނީ އޭނާ ރުސްތުމްގައި ކުޅެފައިވާ ރޯލަށް

އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑް އަކްޝޭ ކުމާރަށް ލިބުމުން ފާޑުކިޔަންޖެހޭ ސަބަބެއް ނުވިސްނުނު ކަމަށް ޝަނަލް ފިލްމު އެވޯޑުގެ، ފީޗާ ފިލްމު ސެކްޝަންގެ ޗެއާޕާސަން ޕްރިޔަދަރްޝަން ބުނެފިއެވެ.

އަކްޝޭއާ އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިޔަދަރްޝަން މިހެން ބުނެފައި މި ވަނީ ފިލްމް "ރުސްތަމް" އިން އަކްޝޭ އަށް ނޭޝަނަލް އެވޯޑް ލިބުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން ދާތީ އެވެ.

އަކްޝޭއާ ގާތް ގުޅުމެއް އޮންނަ ޕްރިޔަދަރްޝަން އުފައްދާފައިވާ އަކްޝޭގެ ފިލްމްތަކުގެ ތެރޭގައި ތެރޭގައި "ބާގަމް ބާގް"، "ބޫލް ބުލައްޔާ" އަދި "ގަރަމް މަސާލާ" ފަދަ  ފިލްމުތައް ހިމެނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ އަކްޝޭ އަށް އެވޯޑް ލިބެންޖެހޭ ނަމަ ލިބެންޖެހޭނީ "ރުސްތަމް" އިން ނޫން ކަމަށެވެ. އަދި މިދިޔަ އަހަރަކީ މޮޅު ގިނަ ފިލްމްތަކެއް ފެނިގެން ގޮސްފައިވާ އަދި އެކްޓަރުންެގެ ފަރާތުން ވެސް މޮޅު ހުށަހެޅުންތަކެއް ފެނިގެން ދިޔަ ފިލްމްތަކެއް ރިލީޒްކުރި އަހަރަކަށް ވުމުން އެއީ އިންސާފެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވެއެވެ. 

މިދިޔަ އަހަރު ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި އާމިރް ޚާންގެ "ޑަންގަލް" އާއި މަނޯޖް ވަޖްޕާއީގެ "އަލީގަރް" އާއި މަހެންދަރް ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ  "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ. މި ތިން ފިލްމަކީ ވެސް މި ތިން ތަރިންގެ ހުނަރު އިންތިހާ އަށް ފެނިގެން ދިޔަ ފިލްމްތައް ކަމަށްވާއިރު މި ފިލްމްތަކުން އިބުރަތްތަކެއް ވެސް ހާސިލްވެގެން ގޮސްފައިވާ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން "ޑަންގަލް" ގައި އާމިރް ޚާން ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ނޫސްތަކުން ވެސް އަކްޝޭގެ މިއެވޯޑަށް ވަނީ ފާޑު ކިޔާފައެވެ. އެ ނޫސްތަކުން ބުނަނީ އަކްޝޭއަށް މިއެވޯޑް ހައްގުވާ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ރުސްތުމްގައި އަކްޝޭގެ އެކްޓު ހުރީ އެވްރެޖްގައި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް