ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 17:33
ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ޒަފަރު މިރްޒާ - މިރްޒާ ވިދާޅުވީ ބަލި ޙާލަތު އެހައި ގޯސް ނޫން ކަމަށް
ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ޒަފަރު މިރްޒާ - މިރްޒާ ވިދާޅުވީ ބަލި ޙާލަތު އެހައި ގޯސް ނޫން ކަމަށް
އޭއެފްޕީ
ކޮވިޑް-19 ޕާކިސްތާނުގެ ޙާލަތު
ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ޒަފަރު މިރްޒާވެސް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ
 
ޕާކިސްތާނުގެ ފޮރިން މިނިސްޓަރުވެސް ކޮވިޑް-19އަށް ޕޮޒިޓިވް
 
މިރްޒާ ގެންދަވަނީ ގޭގައި އެކަހެރިވެވަޑައިގެން ބައްޔަށް ފަރުވާ ހޯއްދަވަމުން
 
މިރްޒާ ވިދާޅުވީ، އެމަނިކުފާނުގެ ޙާލު ރަނގަޅު ކަމަށް

ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ޒަފަރު މިރްޒާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން ޒަފަރު މިރްޒާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހޯމަ ދުވަހުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މިރްޒާ ވިދާޅުވީ، އެމަނިކުފާނުގެ ޙާލު ރަނގަޅު ކަމަށާއި، މިހާރު ގޭގައި އެކަހެރިވެވަޑައިގެން ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހު މަހްމޫދް ގުރައިޝީ ވެސް ވަނީ މީގެ 3 ދުވަސް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ގުރައިޝީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހު މެންދުރެއް ހާއިރު ހުން އައުމުން ވަގުތުން ގޭގައި ކަރަންޓީނުވެފައިވާ ކަމަށެވެ. އަދި މިހާރުވެސް ގޭގައި ހުންނެވިކަމަށާއި އޮފީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާނީ ގޭގައި ހުންނަވައިގެން ކަމަށް ގުރައީޝީ ވިދާޅުވިއެވެ.

ޕާކިސްތާނުގައި މިހާތަނަށް އައިއިރު ކޮވިޑް-19 231،000ށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ. އަދި ވައިރަސް ޖެހިގެން 4700ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް