ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 15:16
\"ފަތޮޅު\" ބޯޓު (ފައިލް ފޮޓޯ)
"ފަތޮޅު" ބޯޓު (ފައިލް ފޮޓޯ)
އެމްއެންޑީއެފް
ބޯޓެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވުން
މާލެއިން ފުރި ބޯޓެއް ކާށިދޫ ކަނޑަށް އަޑިޔަށް: ކަނޑުވި މީހުން ސަލާމަތްކޮށްފި
 
އަޑިޔަށް ދިޔަ ބޯޓުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް
 
އެބޯޓުގައި ދަތުރުކުރީ 5 މީހުން، އެމީހުން ސަލާމަތްކުރީ 14:20 ހާއިރު
 
މިހާދިސާގެ ރިޕޯޓް ކޮށްފައިވަނީ 12:29 ގައި

މާލެއިން ފުރައިގެން ދޮނަކުޅިއަށް ދަތުރުކުރަމުން ދިޔަ "ފަތޮޅު" ކިޔާ ބޯޓު އަޑިއަށް ގޮސް ކަނޑުވި މީހުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެބޯޓު އަޑިއަށް ގޮސްގެން ރިޕޯޓްކޮށްފައިވަނީ 12:29 ހާއިރު ކަމަށެވެ. އަދި އެބޯޓުގައި އެވަގުތު 5 މީހުން ތިބި ކަމަށާއި، އެއީ 4 ދިވެހިންނާއި ބިދޭސީއެއް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އެ 5 މީހުން ސަލާމަތްކޮށްފައިވަނީ، އެމްއެމްޑީއެފްގެ ކޯސްގާޑުގެ ލޯންޗެއް އެސަރަހައްދަށް ގޮސް، މެންދުރުފަހު 14:20 ހާއިރު ކަމަށެވެ. އާޒިމް ވިދާޅުވީ މިހާރު އެމީހުން މާފިލާފުށްޓަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ކަނޑުވި މީހުން ހޯދަން އެމްއެންޑީއެފްގެ ކޯސްގާޑުގެ އިތުރުން ވައިގެ މަގުން ވެސް ބަލާފައިވެ އެވެ.

ބޯޓު އަޑިއަށް ގޮސްފައި ވަނީ ކާށިދޫގެ އުތުރުން 9 މޭލު ބޭރުން އިންޖީނު ހުއްޓިގެން ބޯޓު އަރިއަޅާފައިގެން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

ކަނޑުވި މީހުން ފެނުނު ނަމަވެސް ބޯޓު އަޑިއަށް ދިޔަކަމަށް ބުނާ ސަރަހައްދުން ބޯޓުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
0%
83%
0%
0%
0%
ކޮމެންޓް