ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 14:06
ބިދޭސީން ހުޅުމާލޭގައި މުޒާހަރާކުރަނީ
ބިދޭސީން ހުޅުމާލޭގައި މުޒާހަރާކުރަނީ
ޓްވިޓަރ / @nautymatox
ބިދޭސީން އިހުތިޖާޖު ކުރުން
މުސާރައިގެ މައްސަލައިގައި ބިދޭސީން ހުޅުމާލޭގައި މުޒާހަރާކުރަން ފަށައިފި
 
މި މުޒާހަރާގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވޭ
 
މުޒާހަރާ ކުރަނީ މުސާރަ ނުލިބިގެން

މުސާރަ ނުދީގެން ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކުރަން ފަށައިފިއެވެ.

އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލޭގައި މުޒާހަރާ ކުރަމުންދާތަން ފެނެއެވެ. ކަމާބެހޭ އެއްވެސް އިދާރާއަކުން މިިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތްތައް މުޒާހަރާ ކުރަމުންދަނީ މުސާރަ ނުލިބުމާއި ގުޅިގެންނެވެ.

ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލާ ވީޑިއޯތައްވެސް ދަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ބައެއް މީހުން އެ ސަރަހައްދުން މިހާރު ދުރަށް ފޮނުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން މި މުޒާހަރާގައި ބައިވެރިވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ ފްލެޓުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އަދި މުޒާހަރާގައި 60 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ބައިވެރިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
6%
6%
50%
17%
6%
17%
ކޮމެންޓް
6 ޖުލައި 2020 | ހޯމަ 19:14
ޢ.މ.ކ
ދެން ނުދާނެ ސަހަލުގޮތަކަށް، ބައިހަރުގިނަވީމަ ދެން ވާންވިގޮތްތިވަނީ. ދިވެހިންގެ އިހުމާލުން ކެހިވެރިކަން ހަމަ ދިވެހިންނަށް ނޫންތޯ. ދެންވެސް (ވީހާވެސް އަވަހަކަށް) ސާޅިސްމީހުން ބައިތިއްބާ ފަ އަނެއްބައި {ބާކީތިބި އެންމެން} ފޮނުވާލާ ލާ. ބޭނުމިއްޔާ ކޮންޓްރޯލްކޮށްގެން ފަހުން މީހުން ގެނެވިދާނެ، ގައުމުގެ ރަށްޔިތުންނަށް މިތަން މެނޭޖް ނުކުރެވެންޏާ. ށޮރީ