ބުރާސްފަތި 06 އޯގަސްޓު 2020
09 އަހުލިހަ
1441 ޒުލްޙައްޖު 16
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:33
އިރުއޮއްސޭ 18:22
އިޝާ 19:37
ކޮވިޑް-19 ބަލި ފެތުރޭގޮތް

ކޮވިިޑް ބަލި ވައިގެ ޒަރީއާއިން ފެތުރުމުގެ ފުރުސަތު އެބައޮތް، ގޭގައި ތިބޭ އިރުވެސް މާސްކް އަޅުއްވާ: ސައިންސްވެރިން

  • ދުނިޔޭގެ 32 ތަފާތު ސަރަހައްދުން ޖުމްލަ 239 ސައިންސްވެރިން ހެދި ދިރާސާއަކުން ވަނީ ވައިގެ މަގުން ބަލި ފެތުރޭކަމުގެ ހެކި ލިބިފައި
  • ސައިންސްވެރިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކުރުމަށް ގޮވާލާފަ
  • މިހާތަނަށް 11 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި

ކ. މާލެ | 6 ޖުލައި 2020 | ހޯމަ 14:31 | 12,618

ކޮވިޑަށް ޓެސްޓްކުރުމުގެ މަރުހަލާގެ ތެރެއިން - އާކައިވް

ކޮވިޑް-19 ވައިގެ ޒަރީއާއިން ފެތުރޭކަމުގެ ހެކި ލިބިފައިވާކަން ފާހަގަކޮށް، ގޭގައި ތިބޭ އިރުވެސް މާސްކް އަޅައިގެން ތިބުމަށް ގިނަ އަދަދެއްގެ ސައިންސްވެރިން އިލްތިމާސްކޮށްފިއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން، ދުނިޔޭގެ 32 ތަފާތު ސަރަހައްދުން ޖުމްލަ 239 ސައިންސްވެރިން ހެދި ދިރާސާއަކުން ކޮވިޑް-19އަކީ ވައިގެ ޒަރީއާއިން ފެތުރޭ އެއްޗެއްކަމުގެ ހެކި ވަނީ ލިބިފައެވެ. އެގޮތުން، ބަލި ފަސޭހައިން ގައިން ގަޔަށް އަރާއިރު ސައިންސްވެރިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކުރުމަށް ގޮވާލާފައެވެ. ބަލިން ރައްކާތެރިވުމަށްޓަކައި ގޭގައި އުޅޭ އިރުވެސް އަދި ބޭރަށް ނިކުންނަ އިރުވެސް މާސްކް އެޅުމަށް އިސްކަން ދިނުމަށް ސައިންސްވެރިން ވަނީ ގޮވާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ދީފައިވާ މައުލުމާތު ތަކުގެ ތެރޭގައި ވައިގެ ޒަރީއާރިން އެ ބަލި ފެތުރޭކަމުގެ ހެއްކެއް ލިބިފައިވާކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. އެގޮތުން، އައު ބައްޔަކަށް ވެފައި ދުވަސްތައް ވަމުންދާ ވަރަކަށް އިތުރު މައުލޫމާތު އެނގޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯއިން ވަނީ އިޖްތިމާއީ ގައިދުރުކަމާއި މާސްކް އެޅުން ފަދަ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް މީގެކުރިން އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރުވެސް ޓެޑްރޯސް ވަނީ ބުރަ މަސައްކަތާއެކު މި ވައިރަސްއިން ސަލާމަތް ވެވިދާނެކަން ބައެއް ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ކުރީބައިގައި ބަލި ދެނެގަނެ، ޓެސްޓުކޮށް، ފަރުވާކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ވައިރަސްގެ ނުރައްކާ ކުޑަ ކުރެވޭނެ ގޮތެއްކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.