ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 13:10
ރާއްޖޭގައި ހިނގައިދިޔަ މަރުތައް ތަހުގީގުކުރުން ވަނީ ލަސްވެފައި، އިންސާފު ލިބުން ލަސް
ރާއްޖޭގައި ހިނގައިދިޔަ މަރުތައް ތަހުގީގުކުރުން ވަނީ ލަސްވެފައި، އިންސާފު ލިބުން ލަސް
ރާއްޖެ އެމްވީ
މަގޭ ރިޕޯޓު
ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!
 
ެެއެފަދަ ފަރާތްތަކަށް ރައްކާތެރިކަމެއް ނެތް
 
އެ މީހާގެ މައުލުމާތު ލީކުކޮށްލާ
 
ހެކިބަސް ދިނުމުން އިންޒާރުގެ ކޯލްތައް އާދޭ

މި ސަރުކާރު ވުޖޫދަށް އައިރު ރާއްޖެ އޮތީ މުޅިން އެހެން މިސްރާބަކަށް ޖަހާލާފައެވެ. ވައްކަމާއި، ކޮރަޕްޝަން، ޓެރަރިސްޓް ޖަމާއަތްތައް މުޅި ރާއްޖޭގައި ވަކި ހިއްޕާލިއިރު، ޔަގީނުންވެސް މިކަމުގައި ފަހަތުގައި އެތައް ބަޔަކު ތިބޭނެކަން ކަށަވަރެރެވެ. ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ނުރައްކާ މި ކުޑަކުޑަ ގައުމަށް އޮތް މިންވަރު ހާމަވެގެންދާ އެތައް ކަމެއް ހިނގައިގެން ދިޔައިރު، އެ މީހުން އަޑީގައި ތިބެ އެތަށް ދިވެހިންގެ ފުރާނަ ގެއްލުވާލުމުގެ ރަހުމުކުޑަ، ލާއިންސާނީ އަމަލުތައް ހިންގިކަން އެއީ ފެންނަން ހުރި ހަގީގަތްތަކެވެ.

ކޮންމެއަކަސް، މި އަމަލުތައް ހިންގި ފަރާތްތަކާއި ރޭވުމުގެ އަޑީގައި ތިބި ފަރާތްތައް އަދިވެސް ތިބީ މިނިވަނުންގެ ގޮތުގައެވެ. އާއިލާތަކަށް އިންސާފު ނުލިބި އެތައް ދުވަހެއް ތަހައްމަލު ކުރަމުންދާއިރު، އަދިވެސް އުންމީދީ ޖަވާބެއް ނުލިބެއެވެ. އިންސާފުގެ ހުޅުކޮޅު ނިވެނީ ބާވައޭވެސް ހިތަށް އަރައެވެ. ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތުގައިވެސް އިސްލާމް ދީނާ ދެކޮޅު، ދީނީ ހަރުކަށިކަން ނައްތާލުން ހިމެނެއެވެ. ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމުގެ ވައުދެއްވެސް ވިއެވެ. ރައްޔިތު މީހާ ވަކި ޕާޓީއަކަށް ވޯޓު ދެނީ އެ ޕާޓީއެއްގެ ސިޔާސަތު ކަމުގޮސްގެންނެވެ. އުންމީދު ލިބޭތީއެވެ.

ސަރުކާރަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، މިއަދު އަނެއްކާވެސް ކޮށްލަން މިޖެހެނީ އެ ސުވާލެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އާއިލާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ވެވުނު ވައުދު އަދި ފުއްދިފައެއް ނެތެވެ. މަރުތައް ތަހުގީގު ކުރުމަށް ޤާނޫނީ ބާރުވެރިކަން ދީފައިވާ ކޮމިޝަނަށް ރައްޔިތުންނަށް ނޭނގޭ އެތައް މައުލޫމާތެއް ހާމަކުރެވިފައިވާއިރު، އެކުށް ކުރި ބަޔަކާއި ފަންޑު ކުރި މީހުންނާއި އެކަމުގައި ފައިނޭންސް ކުރި ވިޔަފާރިތައްވެސް އެނގޭ ކަމަށް އެ ކޮމިޝަނުގެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރިއެވެ.

މިއަދަށް އޭގެ ފަހުން އެތައް ދުވަހެއް ވެފައިވާއިރު، އެކަމުގެ ހިލަމެއްވެސް ހަމަ ނުވަނީއެވެ. މަރު ކޮމިޝަނުން ކުރާ މަސައްކަތް ބަލައި ނުގަންނަނީކީ ނޫނެވެ. މައްސަލައަކީ އާއިލާތަކަށް އިންސާފު ނުލިބުމެވެ. ދައުވާކުރަންވެސް ނިންމިކަމުގެ މައުލޫމާތެއް ނުލިބެއެވެ. ބޮޑެތި މަރުތަކާއި ގުޅުންހުރި ބައެއް މީހުން ހެކިބަސް ދޭން އިންކާރު ކޮށްފައިވާތީ މަރު ކޮމިޝަނުގެ ތަހުގީގަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމުގެ ވާހަކައަކީ އެ ކޮމިޝަނުން ފާހަގަކުރާ ކަމެކެވެ. މިއަދު ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ސުވާލެކެވެ.

ހެކިބަސް ދޭން އެ ފަރާތްތަކުން މިހާރު އިންކާރު ކުރަނީ ކީއްވެގެންތޯއެވެ. ރޭވުންތެރިކަމާއެކު ހިންގާފައި ހުރި މިކަންތައްތަކުގެ ހެކި ހޯދަން މަސައްކަތް ކުރާއިރު، ހެކިވެރިންނަށް ރައްކާތެރިކަން ފޯރުނުކޮށްދެއެވެ. ސިއްރު ހެކިބަސް ދީފައިވާ ފަރާތަކީ ކާކުކަން، އޭގެ އަނެއް ދުވަހު މިބުނާ ހަރުކަށި ފިކުރުގެ މީހުންނަށް އެނގެއެވެ. މިއީ ކޮމިޝަނަށް ނުވަތަ ފުލުހުންނަށް ހެކިބަސް ދޭ ފަރާތްތަކަށް ވާގޮތެވެ. އިންޒާރުގެ މެސެޖު އާދެއެވެ. އަނގަ ބަންދުކުރުމަށް މަޖުބޫރުކުރުވައެވެ. ހެކިބަސް ދިނުންތޯ ދުނިޔޭގެ ދިރިހުރުންތޯ ބޭނުމީ ކިޔައި ކޯލްތައް އާދެއެވެ.

އާއިލާގެ މެމްބަރުންނަށް އިންޒާރުތައް އާދެއެވެ. މިފަދަ ބޮޑެތި ތަހުގީގުތައް ކުރިޔަށް ދާއިރު، މިއީ ވިސްނާނުލާ ކަމެއް ބާވައެވެ. މިއީ މިފަދަ އެތައް ބައެއްގެ ޝަކުވާއެވެ. މި މައުލޫމާތުތައް ލީކުވި ގޮތާއި އިންޒާރު ދިން މީހުންނަކީ ކޮބައިކަން ކަމާ ބެހޭ އިދާރާތަކަށް އެނގޭއިރު، ރައްކާތެރި މާހައުލެއް ނުދިނީ ހަމަ އެ އިދާރާތަކުންނެވެ. އިންސާފު ލަސްވުމުގެ ޒިންމާ ނަގަންޖެހެނީވެސް ހަމަ އެ އިދާރާތަކުންނެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވުމުގެ ހާދިސާއިން ފެށިގެން، ޑރ. އަފްރާޝީމް އަލީ މަރާލުމުގައިވެސް ތިބީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތައްކަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި، ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައިވެސް ތިބީ ދީނީ ގޮތުން މިދެންނެވި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކެވެ. ދިވެހި ދަރިން ޖިހާދުކުރުމުގެ ނަމުގައި އެކި ގައުމުތަކަށް ފޮނުވުމުގެ އަޑީގައިވެސް ތިބީ މި ދެންނެވުނު ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މީހުން ކަމަށާއި، އެކަމުގައި ހަރަކާތްތެރިވެފައިވަނީ އެއްބައެއްކަން އެނގެން އެބައޮތެވެ.

2014 ވަނަ އަހަރު، އިސްލާމިކް ސްޓޭޓަށް ތާއީދު އޮތްކަން ހާމަކޮށް، މާލޭގައި ކުރި މުޒާހަރާގައިވެސް ބައިވެރިވެފައިވަނީ ދީނީ ގޮތުން ހަރުކަށި ވިސްނުމުގެ އެއް ބަޔެކެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ ގިނަ އިލްމުވެރިންތަކެއްގެ މައްޗަށް މަކްތަބާ ސަލަފިއްޔާއިން ސްކްރީންޝޮޓްތަކާއެކު ދައްކާފައިވާއިރު، އެކަމުގައި ވީ ކޮންކަމެއް ހެއްޔެވެ.

ބޮޑު ސުވާލު: މިވަރުން ދެން ކިހިނެއް؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
25%
0%
25%
25%
25%
0%
ކޮމެންޓް
6 ޖުލައި 2020 | ހޯމަ 18:56
ނަސޭޙަތް
ލާދީނީ ހަރުކަށި ފިކުރުގެ މީހުންނަށް އެނގޭނެ. އެއީ ކޮންމެހެނަކުން ތަޙްޤީޤް ހިންގާ ފަރާތްތަކުން އެކަން ހާމަކުރާތީ އަކީ ނޫނެވެ. ވައިޑް ނެޓްވޯކެއް އޮންނާތީވެއެވެ. މަރުގެ އިންޒާރުދިނަސް ތިޔަބައިމީހުންގެ ވާހަކަ ބުނާށެވެ. ﷲގެ ހެޔޮ ރަޙްމަތް ލިބޭނީ އެއިރުންނެވެ.
6 ޖުލައި 2020 | ހޯމަ 18:42
ޢ.މ.ކ
އެކިވަރުގެ މުސާރަ ހިއްޕަވައިގެން އެކިފަންތީގެ ވަޒީފާތަކުގައި ވަކި ގިންތިއަކަށްބެލުމެއްނެތި ރަށްޔިތުމީ ހާގެ މު ހުތާދުތައް ފުއްދައިދިނުމަށް ތިއްބަވާ ސަރުކާރު މުވައްޒަފުން (ރަށްޔިތުންގެ ޚާދިމުން) ނަޒާ ހަތްތެރި ވީމާ ފުދޭނެއެވެ. ނޫންނަމަ...... ވައްކަން، ފޭރުން، ޓެކުން، ލޫޓްވުން، ޚިޔާނާތް، ދޮގު ހެދުން، ދޮގު ހެކިދިނުމާއި މީ ހުން މެރުންފަދަ އިސްލާމްދީނާޚިލާފް ބޮޑެތި ފާފަތައްކުރާމީ ހުން ގިނަވެ ޖަރީމާތައް ހިންގާނެ.