ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 16:15
ޖާޔާ އާއި އަމީތާބް ބައްޗަން އަދި އަބީޝެކް
ޖާޔާ އާއި އަމީތާބް ބައްޗަން އަދި އަބީޝެކް
ގޫގުލް
ޖާޔާގެ އުފަންދުވަސް
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
 
ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ އައިޝްވަރިޔާ ރާއީގެ ބައްޕަ މަރުވުމުން ލިބުނު ހިތާމައިގައި 

އާދީއްތަ ދުވަހު ޖާޔާ ބައްޗަނަށް ވަނީ 69 އަހަރު ފުރިފައެވެ. އެހެން ނަމަވެސް ޖާޔާގެ އުފަންދުވަސް އެއްވެސް ގޮތަކަށް އާއިލާއިން ވެސް އަދި ރައްޓެހިން ވެސް ފާހަގަ ކޮށްފައެއް ނުވެއެވެ.

ފިލްމީ ތަރި އަދި ފިރިމީހާ އަމީތާބު ބައްޗަން ވެސް އުފަންދުވަހުގެ މަރުހަބާ ކިޔާފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ބައްޗަންގެ އާއިލާއިން ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ އައިޝްވަރިޔާ ރާއީގެ ބައްޕަ މަރުވުމުން ލިބުނު ހިތާމައިގައި ކަމަށް ބައްޗަންގެ އާއިލީ ރައްޓެއްސަކު ބުނެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އައިޝްވަރިޔާ އާއި އަބީޝެކް މިވަގުތު ތިބީ އޭނާގެ ދަރި އަރަދްޔާ ގޮވައިގެން މެންގަލޫރުގައެވެ. ޖާޔާ ހުރީ ދިއްލީގައި ކަމަށް ވެއެވެ. އެހެން ކަމުން ޖާޔާގެ އުފަންދުވަސް މިފަހަރު ފާހަގަ ނުކުރާނެ ކަމަށް ބައްޗަންގެ އާއިލީ ރައްޓެއްސެއް ބުނެފައި ވެއެވެ.

ޖާޔާގެ ފިރިމީހާ ފިލްމީ ތަރި އަމީތާބް ބައްޗަން އާއި ޖާޔާ ދިރިއުޅެނީ ވަކިންކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. އެހެން ނަމަވެސް އެކަންތައް އެ އާއިލާއިން ދޮގުކުރެއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ވަރަށް އަވަހަށް މި ދެ ތަރިންގެ ފިލްމެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް