ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 09:38
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19: ރާއްޖޭގެ ހާލަތު
ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެ
 
މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 403
 
މިހާތަނަށް ކޮވިޑް-19 ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް 07 ދިވެހިން މިވަނީ މަރުވެފަ
 
މަރުވީ 80 އަހަރުގެ ދިވެހި ފިރިހެނެއް

ކޮވިޑް-19 ޖެހިގެން 80 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މަރުވި މީހާއަށް ފަރުވާދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ (ޑީއެޗް-11) ގައެވެ. އޭނާ މަރުވެފައިވަނީ، ފަތިހު 04:35ގައެވެ.

މިއަދުގެ މަރާއި އެކު މިހާތަނަށް ކޮވިޑް-19 ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް 7 ދިވެހިން ވަނީ މަރުވެފައެވެ. އަދި ފަސް ބިދޭސީން މަރުވެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 2468 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު ޖުމްލަ 2049 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 403 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
100%
0%
0%
0%
ކޮމެންޓް