ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 15:59
އަވާޓާ 2 ގެ ޕޯސްޓަރެއް
އަވާޓާ 2 ގެ ޕޯސްޓަރެއް
ގޫގުލް
އެވާޓާ 2
އެވާޓާ 2 ނެރޭނީ 2019 ގައި
 
ކުރިން އޮތީ "އެވޭޓާ 2" 2018 ވަނަ އަހަރުގެ ކްރިސްމަސް އަށް ނެރޭ ގޮތަށް

ފިލްމް އުފެއްދުމުގެ ދާއިރާ އަށް އިންގިލާބެއް ގެނެސް 2009 ވަނަ އަހަރު ނެރުނު އެވާޓާގެ 2 ވަނަ ބައި 2019 ގައި ނެރޭ ގޮތަށް ލަސްކޮށްފިއެވެ.

ކުރިން އޮތީ "އެވޭޓާ 2" 2018 ވަނަ އަހަރުގެ ކްރިސްމަސް އަށް ނެރޭ ގޮތަށެވެ.

"އެވޭޓާ 2" ނެރޭ ތާރީހަށް ބަދަލުގެނައީ "އެވޭޓާ 3" އަދި "އެވޭޓާ 4" ގެ މަސައްކަތް ވެސް ކުރަމުން ދާތީ ކަމަށް އެފިލްމްގެ ޑައިރެކްޓަރު ކަމަށްވާ ޖޭމްސް ކެމެރަން ބުންޏެވެ.

ފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ކޮންދުވަހެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. "އެވޭޓާ 2" ގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ ބެލުންތެރިންނާ ހަމައަށް ވަރަށް ރީތި އަދި ތަފާތު ފިލްމެއް ގެނެސްދިނުމަށް ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އުޅެންޖެހޭނީ 24 ގަޑިިއިރު ފިލްމުގެ ކަންތަކުގައި ކަމަށް އޭނާ ބުންޏެވެ. "އެވޭޓާ" ފްރެންޗައިޒްގައި ކުރިއަށް ހުރި ފިލްމްތަކުން ވެސް ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ފަދަ އާދަޔާ ޚިލާފު އެތަކެއް ކަމެއް ފެނިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެވޭޓާ" ވަނީ  ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއް ހޯދާފައެވެ. އެވޭޓާ ޑައިރެކްޓްކުރާ ޖޭމްސް ކެމެރަންއަކީ ފިލްމު ޓައިޓޭނިކްގެ ވެސް ޑައިރެކްޓަރެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި