ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 12:03
މީރާއިން ވެހިކަލް ސްޓިކަރ ދޫކުރުމާއި ގުޅޭ ގޮތުން ދީފައިވާ މައުލޫމާތު
މީރާއިން ވެހިކަލް ސްޓިކަރ ދޫކުރުމާއި ގުޅޭ ގޮތުން ދީފައިވާ މައުލޫމާތު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ވެހިކަލް ސްޓިކަރ ދޫކުރުން
އައު އާންމު ހާލަތުގެ މި މުއްދަތުގައި ވެހިކަލް ސްޓިކަރ މީރާއިން ދޫ ނުކުރާނެ
 
ފުރަބަންދުގެ ހާލަތު އަނެއްކާވެސް 15 ދުވަހަށް އިތުރު ކޮށްފައި
 
މި މުއްދަތުގައި ސްޓިކަރ ދޫ ނުކުރާނެ
 
ވެހިކަލް ސްޓިކަރ ދޫކުރާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ

އައު އާންމު ހާލަތުގެ މި މުއްދަތުގައި ވެހިކަލް ސްޓިކަރ ދޫ ނުކުރާނެކަމަށް މީރާއިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތު އަނެއްކާވެސް 15 ދުވަހަށް އިތުރު ކޮށްފައިވާއިރު ކުރިން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއިތަކެއް ދީފައެވެ.

އާދީއްތަ ދުވަހުން ފެށިގެން އޮފީސްތައް ހުޅުވައި ހިދުމަތް ދެމުން އަންނައިރު މީރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މި މުއްދަތުގައި ވެސް މީރާއިން ވެހިކަލް ސްޓިކަރ ދޫ ނުކުރާނެ ކަމަށެވެ. އަދި ސްޓިކަރ ދޫކުރަން ފަށާނެ ތާރީހް ފަހުން އިއުލާނު ކުރާނެކަމަށެވެ.

ފުރަބަންދުގެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމާއި، ބަޔާން ހުށަހެޅުން އަދި ރަޖިސްޓްރޭޝަންގެ މަސައްކަތްތައް މީރާއިން ކުރަމުން ގެންދަނީ އޮންލައިންކޮށެވެ. މީރާގެ މަސައްކަތްތަކުގެ ތެރެއިން ގާތްގަޑަކަށް ހުރިހާ މަސައްކަތްތަކެއް ވެސް މި މުއްދަތެއްގެ ތެރޭގައި ކުރިއަށްގެންދެވޭނެ ކަމަށް މީރާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް