ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 09:11
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19: ރާއްޖޭގެ ހާލަތު
ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ނިޔާވެއްޖެ
 
މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 390
 
މިހާތަނަށް ކޮވިޑް-19 ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް 06 ދިވެހިން މިވަނީ މަރުވެފަ
 
މަރުވީ 77 އަހަރުގެ ދިވެހި އަންހެނެއް

ކޮވިޑް-19 ޖެހިގެން 77 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މަރުވީ އޭނާއަށް ފަރުވާދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ (ޑީއެޗް-11) ގައެވެ. އޭނާ އަކީ މީގެ ދެ ދުވަސް ކުރިން ކޮވިޑް ޖެހިގެން މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާއެެވެ.

މިއަދުގެ މަރާއި އެކު މިހާތަނަށް ކޮވިޑް-19 ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް ހަ ދިވެހިން ވަނީ މަރުވެފައެވެ. އަދި ފަސް ބިދޭސީން މަރުވެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 2435 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު ޖުމްލަ 2030 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. މި ވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 390 އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު