ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 08:16
އައިޖީއެމްއެޗް- ހޮސްޕިޓަލް ތެރޭގައި ވައިރަސް ފެތުރެމުން އަންނާތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި
އައިޖީއެމްއެޗް- ހޮސްޕިޓަލް ތެރޭގައި ވައިރަސް ފެތުރެމުން އަންނާތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި
ރާއްޖެއެމްވީ
އައިޖީއެމްއެޗުން ބަޔަކު ޕޮޒިޓިވްވުން
އައިޖީއެމްއެޗުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11ށް އަރައިފި
 
ހޮސްޕިޓަލްގައި އަމަލުކުރަމުން އަންނަ އުސޫލުތައް އަންނަނީ އިތުރަށް ޚަރުދަނާކުރަމުން
 
ކޮންޓެކްޓް ޓްރޭސިންގ އިން ފާހަގަވި 27 މުވައްޒަފަކު މިހާރު ވަނީ ހޯމް ކަރަންޓީނުގައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 11ށް އަރާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުގައި ނިޔާވި، އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މީގެ ކުރިން ވެސް ހެދިފައިވާކަމަށާއި އަދި މިހާރު ވެސް ހެދެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 11 މީހަކު ޕޮޒިޓިވްވެފައިވާކަން ދެނެގަނެވެފައިވާ ކަަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

މީގެ ތެރޭގައި ބަލި މީހުންގެ ފަސް މީހުން ހިމެނޭއިރު އެތަނުން އެކަކީ ނިޔާވި އިންޑޮނޭޝިޔާ މީހާއެވެ.

އޭގެއިތުރުން ހަތަރު ސްޓާފުން، ދެން މިހާރު ޕޮޒިޓިވްވީ ޕޮޒިޓިވްވި ޕޭޝަނުންޓުންގެ ދެ ރިލޭޓިވް އިން
ޑޮކްޓަރު އަލީ ނަޒީމް

ޑރ. އަލީ ނާޒިމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގއިން ފާހަގަވި 27 މުވައްޒަފަކު މިހާރު ހޯމް ކަރަންޓީނުގައި އެބަތިބި ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19އަށް ޕޮޒިޓިވްވި ބަލި މީހުންނަކީ އައިސީޔޫގައި ފަރުވާދިނުމަށްފަހު ވޯޑަށް ބަދަލުކޮށްފައިވާ މީހުން ކަމަށާއި އެހެންކަމުން ވޯޑްތަކުގައި ތިބި މީހުން ޓެސްޓް ކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.

އައިސީޔޫގައި މިހާރު ތިބީ ބަލި ހަ މީހުން ކަމަށާއި އެމީހުން ވެސް ކޮވިޑް-19އަށް ޓެސްޓްކޮށްފައިވާ ކަަމަށް ޑރ. އަލީ ނާޒިމް ވިދާޅުވިއެވެ. އެމީހުން ކޮވިޑް-19އަށް ނެގެޓިވް ކަމަށާއި އައިސީޔޫ ޑިސްއިންފެކްޓް ކޮށްފައިކަމަށް ވިދާޅުވިއެވެ. މިހާރު އެ އައިސީޔޫއަށް އިތުރު ބަލިމީހަކު ނުވައްދާކަމަށް ޑރ. އަލީ ނާޒިމް ވިދާޅުވިއެވެ. މިހާރު ބޭނުންކުރަމުންދަނީ ބޭނުންނުކޮށް ހުރި އައިސީޔޫއެކެވެ.

ޑރ. އަލީ ނާޒިމް އިތުރަށް ވިދާޅުވީ ވޯޑްތަކުގައި ތިބި މީހުންގެ ތެރެއިން ވައިރަސްއަށް ބޮޑަށް ހުށަހެޅިފައިވާ މީހުން ހޮސްޕިޓަލުން ދޫކޮށްލާކަމަށްވާނަމަ އެމީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ގޭގައި ފުރިހަމަކުރަން ޖެހޭނެކަމަށެވެ.

ހޮސްޕިޓަލް ތެރޭގައި ވައިރަސް ފެތުރެން ފެށުމާއެކު ހޮސްޕިޓަލްގައި އަމަލުކުރަމުން އަންނަ އުސޫލުތައް އިތުރަށް ޚަރުދަނާކުރަމުންދާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުން މީގެކުރިން ދެމުންދިޔަ ޚިދުމަތްތައް މިހާރުވެސް ދެމުން ގެންދާނެކަމަށާއި ނަމަވެސް ޚިދުމަތްތައް އިތުރަށް ފުޅާކުރަމުން ނުދާނެކަމަށް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
60%
0%
40%
0%
ކޮމެންޓް