ހޮނިހިރު 08 އޯގަސްޓު 2020
11 އަހުލިހަ
1441 ޒުލްޙައްޖު 18
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:16
އަސްރު 15:32
އިރުއޮއްސޭ 18:22
އިޝާ 19:36
އާންމު ހާލަތުގައި މަސައްކަތްކުރުން

ޕީޖީ އޮފީހުގެ ބައެއް މުވައްޒަފުން މި ހަފްތާގައި މަސައްކަތްކުރާނީ ގޭގައި ތިބެގެން

  • ޕީޖީ އޮފީހުގެ މަސައްކަތްތައް ހެނދުނު 7:30 ގައި ފަށާނެ
  • ސަރުކާރުގެ އޮފީސްތައް އާދިއްތަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައި

ކ. މާލެ | 5 ޖުލައި 2020 | އާދީއްތަ 06:54 | 3,220

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ - ރާއްޖެއެމްވީ

އާދިއްތަ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވާލާއިރު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް(ޕީޖީ) ގެ ބައެއް މުވައްޒަފުން މިހަފްތާގައި މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީ އޮފީހުގެ ދެބައިކުޅަ އެއް ބައި މުވައްޒަފުން މި ހަފްތާގައި މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށެވެ. އަދި އޮފީހަށް ނިކުމެގެން މަސައްކަތްކުރާނީ ދެން ތިބި މުވައްޒަފުންކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް މާލެ ސިޓީ ލޮކްޑައުންކޮށްފައި އޮތްއިރު ސަރުކާރުގެ ގިނަ އޮފީސްތަކަކުން ޚިދުމަތްތައް ދެމުންގޮސްފައިވަނީ ކޮންމެހެން ނިކުންނަންޖެހޭ މުވައްޒަފުން އޮފީހަށް ނެރެގެންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ގޭގައި ބައިތިއްބައިގެންނެވެ.

މީގެއިތުރުން ޕީޖީ ވިދާޅުވީ އެ އޮފީހުގެ މަސައްކަތްތައް ފަށާނީ ހެނދުނު 7:30 ގައި ކަމަށެވެ. އެއީ ވެލާނާގޭގެ ލިފްޓަށް ބާރުބޮޑުވާނެތީ އެކަން ކުޑަކުރުމަށް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތައް ހުޅުވާ ގަޑިއަކީ ހެނދުނު 8:00 ކަމަށްވާއިރު ވެލާނާގެ އަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އިމާރާތެކެވެ. އެ އިމާރާތުގައި އެތައް ރައްޔިތުންނަށް ޚިދުމަތްތައް ދެމުންގެންދާއިރު އިމާރާތުގައި ހުންނަ ލިފްޓްތަކަކީ އަބަދުވެސް ބާރުބޮޑު ލިފްޓްތަކެކެވެ.

ކޮވިޑް-19އަށް ފަހު ނިއުނޯމަލްގައި އޮފީސްތައް ހުޅުވާލިނަމަވެސް ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އިރުޝާދުދީފައެވެ. އެގޮތުން މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް ވަނީ އިރުޝާދުދީފައެވެ. އަދި އޮފީސްތަކުގައި ވެސް އިޖުތިމާޢީ ގައިދުރުކަން ގެންގުޅުމަށް ވަނީ އިރުޝާދުދީފައެވެ.

ޕީޖީ ކުރެއްވި ޓްވީޓަށް އާންމު ރައްޔިތަކު ވަނީ މިހާރު ފެންމަތިވެގެންއުޅޭ އިންސާނީ ވަގުވިޔަފާރީގެ މައްސަލަ އޮތްހިސާބާއި ގުޅޭގޮތުން ޕީޖީ މައުލޫމާތު ސާފުކޮށްދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.

އެ ޓްވީޓަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވެފައިވަނީ އެކަން ކުރައްވާނެ ކަމަށާއި އެމައްސަލަ ބަލަމުންދާ މީހުންނާއި ވާހަކަ ދެއްކުމަށް ފަހު އާންމުންނާ ހިސާބަށް އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންތަކެއް އެރަށުގައި ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ފެންމަތިވުމާ އެކު އެރަށުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދީވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.