ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 03:54
އެޗްޕީއޭގެ ޑރ.ނަޒްލާ ރަފީގު ވާހަކަދައްކަވަނީ
އެޗްޕީއޭގެ ޑރ.ނަޒްލާ ރަފީގު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކޮވިޑް-19ން ރައްކާތެރިވުން
މިހާރު މާސްކް ނާޅާ ބޭރު ތެރޭގައި އުޅޭ މީހުން ގިނަކަން ފާހަގަކުރެވޭ: ޑރ. ނަޒްލާ
 
ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް
 
މާސްކް ނާޅާ މިހެން އުޅޭ ކަމަށްވާނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު
 
ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށްގެން ނުވާނެ

ކޮވިޑް-19ން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މާސްކް އެޅުން ނަމަވެސް މިހާރު މާސްކް ނާޅާ ބޭރު ތެރޭގައި އުޅޭ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ލުއިތަކެއް ދިން ނަމަވެސް މިބަލިން އެއްކޮށް ސަލާމަތްނުވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކުރެވޭކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މާސްކް އުޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަ ގިނައިން އަތް ސާފުކުރުމާއި އަދި އެއްވެސް ބަލީގެ އަލާމާތެއް ހުރިނަމަ ބޭރަށް ނުނިކުމެ އަވަހަށް ފުލޫ ކްލިނިކަށް ދައްކައިގެން ސާންޕަލް ނެގުން މުހިންމު ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި މާސްކު އެޅުން ކުރިއަށްވުރެ މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މާސްކް ނާޅާ މިހެން އުޅޭ ކަމަށްވާނަމަ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވިއެވެ.

''އެނގިވަޑައިގަންނަވާނެ މިބައްޔަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުޅޭހާ ހިނދަކު ހަމަ ކޮންމެ ވަގުތަކު ފެތުރުމުގެ ފުރުސަތު އޮތް ބައްޔެއް. އެހެންވީމަ ޚާއްސަކޮށް ސްކޫލުތައް ހުޅުވިފައި އޮތުމާއި، މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ފެށުމާއެކު ހަމަ ހުރިހާ ބޭފުޅުން ވެސް ހަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ބޭރަށް ނުކުންނެވުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް. ކޮންމެ ރެއަކު އަޅުގަނޑުމެން ދައްކާ ވާހަކަ މިއީ.''
އެޗްޕީއޭގެ ޑރ.ނަޒްލާ ރަފީގު

ޑރ. ނަޒްލާ ވިދާޅުވީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ ބަލި ނުޖެހި، ސަލާމާތްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް