ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 15:38
ކ. ތިލަފުށިން އަމިއްލަ ވިޔަފަރި ކުންފުންޏަކަށް ދޫކޮށްފައިވާ ބޮޑު ބިމެއް: ބޮޑެތި ބައެއް ބިންތަކަށް ކުލި ނުދައްކާ ކަމަށް ވޭ
ކ. ތިލަފުށިން އަމިއްލަ ވިޔަފަރި ކުންފުންޏަކަށް ދޫކޮށްފައިވާ ބޮޑު ބިމެއް: ބޮޑެތި ބައެއް ބިންތަކަށް ކުލި ނުދައްކާ ކަމަށް ވޭ
މުހައްމަދު ފަޒީން
ކ. ތިލަފުށި: ބިންތަކުން ކުލި ނުލިބޭ
ތިލަފުށިން ބޮޑެތި ބިންތައް ނަގައިގެން ކުލި ނުދައްކާ އެތައް ވިޔަފާރިވެރިންނެއް!
 
ކުށްޔަށް ދޫކޮށްފައިވާ ބިންތައް އަމިއްލަ، އަމިއްލައަށް ބޮޑުކޮށްފައިވާކަންވެސް ފާހަގަ ކުރެވޭ
 
ތިލަފުށީގެ ބިންތަކުގެ ތެރެއިން 1 މިލިއަން އަކަފޫޓްގެ ބިމަށް ކުލި ނުލިބޭ، އެންމެ ދަށް ރޭޓުން ބަލާނަމަ އެއީ މަހަކު 3.5 މިލިއަން ރުފިޔާ
 
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކަށް 4 ލައްކަ އަކަ ފޫޓުގެ ބިން ދޫކޮށްފައިވޭ، އޭގެ ތެރެއިން 2 ލައްކަ އަކަފޫޓް އެއްވެސް ކުއްޔަކާ ނުލާ ދީފައިވޭ

ކ. ތިލަފުށީގައި ބޮޑެތި ބިންތައް ކުއްޔަށް ނަގައިގެން، ރާއްޖޭގެ ބޮޑެތި މަހުޖަނުން، ދައުލަތަށް ދައްކަން ޖެހޭ ކުލި ނުދައްކާކަން "ރާއްޖެ.އެމްވީ"އަށް އެނގިއްޖެއެވެ.

"ރާއްޖެ.އެމްވީ"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ތިލަފުށީގައި، އެއް މިލިއަން އަކަފޫޓުގެ ބިމަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ނުދައްކާ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިންވެސް އުޅެއެވެ. އެގޮތުން، އެ އެއް މިލިއަން އަކަފޫޓުގެ ބިންތަކުން އެންމެ ކުޑަ ރޭޓުން ބަލާކަމަށް ވާނަމަވެސް، 3.5 މިލިއަން ރުފިޔާ ކޮންމެ މަހަކު ދައުލަތަށް ލިބެންޖެހެއެވެ. މިހާރު ތިލަފުށި ބިމުގެ އެންމެ ދަށް ރޭޓަކީ އަކަފޫޓަކަށް 3.5ރ. އެވެ.

ކ. ތިލަފުށި ފަޅުތެރޭގައި، ގިނަ ދަގަނޑު ބޯޓުތަކާއި ބައެއް ބާޖުތައް ފެތިފައިވެސް ވޭ

ތިލަފުށީގައި، ބިންތައް ދޫކޮށްފައިވަނީ، އެކި ފަރާތްތަކަށް އެކި ރޭޓުގައިކަން ވެސް ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ފަރާތްތަކަށް 50 ލާރިން ފެށިގެން 4 ރުފިޔާގެ ރޭޓުން ބިން ދޫކޮށްފައިވެއެވެ. އަދި ބިންތައް ދޫކޮށްފައިވަނީ، އަހަރަކުން، ނުވަތަ 5 އަހަރުން ކުއްޔާމެދު ވާހަކަ ދެކެވި، ކުލި ބޮޑުވާ ގޮތަކަށެވެ. ބައެއް ބިންތައް 15 އަހަރުގެ މުއްދަތަކަށް ވެސް އެގްރީމެންޓް ކޮށްފައިވާ ކަމަށް އެނގިފައިވެއެވެ.

މީގެ އެތައް އަހަރެއް ކުރިން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދޫކޮށްފައިވާ ބިންތަށް ކުޑަ ކުލީގައި ކުއްޔަށް ދީފައިވާއިރު، ކުލި ބަރާބަރަށް ކުލި ނުދައްކާކަން ވަނީ އެނގިފައެވެ.

ކ. ތިލަފުށި، ބޮޑެތި ބިންތައް ކުއްޔަށް ނަގައިގެން، އެއްގޮތަކަށް ކުލި ނުދައްކާ ފަރާތްތައް ވެސް އުޅޭ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔަކަށް ހަތަރު ލައްކަ އަކަފޫޓުގެ ބިން ދޫކޮށްފައިވާއިރު، އެތަނުން ދެ ލައްކަ އަކަފޫޓަކީ، ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ހިލޭ، އެއްވެސް ކުއްޔެއް ނުނަގާގޮތަށް، ދޫކޮށްފައިވާ ބިމެއްކަން ވަނީ އެނގިފައެވެ.

ތިލަފުށީގެ ބައެއް ވިޔަފާރިވެރިންނަށް ދޫކޮށްފައިވާ ބިންތަކަށް ބަލާއިރު، ދޫކޮށްފައިވާ ބިމުގެ އިތުރަށް އެބިމުގެ ވަށައިގެން، ހުންނަ ބިންތަކުގެ ބޭނުން ކުރަމުންދާ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ތިލަފުށީގައި، ވިޔަފާރިވެރިޔަކަށް ދޫކޮށްފައިވާ، 19،500 އަކަފޫޓުގެ ބިމަކާއި، 17،000 އަކަފޫޓުގެ ބިމަކާއި، 10،000 އަކަފޫޓުގެ ބިމެއްގެ އިތުރުން، 6،900 އަކަފޫޓްގެ ބިމެއް ދޫކޮށްފައިވާއިރު، އެފަރާތުން، އަމިއްލައަށް ބިންތައް ބޮޑު ކުރަމުން ގޮސް، 1 ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިން ބޭނުން ކުރާކަމަށްވެއެވެ. ނަމަވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކައެވެ.

ހަމަ އެގޮތަށް 20،000 އަކަފޫޓުން 60،000 އަކަފޫޓްގެ ބިން، ބައެއް ވިޔަފާރިވެރިން ނަގައި، އެ ބިންތަކަށް އެއްމެ ލޯ ލާރިއެއް ވެސް ދައުލަތަށް ނުދައްކާ ފަރާތްތައް އެބައުޅެއެވެ.

ކ. ތިލަފުށި، ސިޔާސީ ބޮޑެތި އަދި ގިނަ މަސައްކަތްތައް ކުރެވެމުންދޭ

ތިލަފުށީގެ ބިންތަކުން ލިބެންޖެހޭ ކުލީގެ ފައިސާ ހޯދުމަށް ގިނަ މައްސަލަތަކެއް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނިން ކޯޓަށް ވެސް ހުށަހަޅާފައިވާއިރު، އެމައްސަލަތައް ނިންމުމުގައި ލަސްތަކެއް ވެފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކ. ތިލަފުއްޓަކީ، ސިނާއީ މަސައްކަތްތައް ކުރުމަށާއި ކުށި މެނޭޖް ކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑެތި ސިނާއީ މަސައްކަތް ކުރަމުންދާ ރަށެވެ. ގްރޭޓަރ މާލެ އިންޓަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) ގެ ނަމުގައި ކުންފުންޏެއް އުފައްދައި، މާލެ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ގޮތަށް ތިލަފުށި އަދި ގުޅިފަޅު ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައެވެ.

ތިލަފުށި ބިމުގެ މިހާރުގެ ރޭޓަކީ އެނގިފައިވާ ގޮތުގައި އަކަފޫޓަކަށް 8ރ. އެވެ. މިރޭޓުން ބަލާނަމަ، ކުލި ނުދައްކާ އެއް މިލިއަން އަކަފޫޓުގެ ބިމުން އަށް މިލިއަން ރުފިޔާ ކޮންމެ މަހަކު ދައުލަތަށް ލިބޭނެއެވެ.

ތިލަފުށިިން އަމިއްލަ ވިޔަފާރިވެރިޔަކު ކުއްޔަށް ނަގާފައިވާ 20،000 އަކަފޫޓްގެ ބިމެއް ސަރުކާރުގެ ކުންފުންޏަކަށް 8 މިލިއަން ރުފިޔާއަށް ވިއްކާލާފައިވާ ކަމަށް ބުނާއިރު، އެކަމާ ބެހޭ އެއްވެސް ލިޔެކިޔުމެއް އެ ދެ ކުންފުނީގެ ފަރާތުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުންޏާ ހިއްސާ ކޮށްފައި ނުވާކަން ވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

ކ. ތިލަފުށި، 1 މިލިއަން އަކަފޫޓުގެ ބިމަށް ކުލި ނުލިބޭ، އެއީ އެންމެ ދަށް ރޭޓުން ބެލިނަމަވެސް، މަހަކު 3.5 މިލިއަން ރުފިޔާ
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
6%
0%
0%
86%
3%
6%
ކޮމެންޓް
5 ޖުލައި 2020 | އާދީއްތަ 15:48
މުހައްމަދު އުމަރު
ހަބަރެއް ލިޔާއިރު މައުލޫމާތު ރަނގަޅަށްސާފުކޮށްލިޔެބަލަ މިހިރަ އަކަފޫޓުތަކައް މީއެއްމެ މަހެއްވެސް ދޫނުކޮށް ކަނޑައަޅާފަވާ ކުލިދައް ކާފަހުރި ތަންތަން އަޅުގަނޑު އަތުގަ މިަުރީކިތާބީހެކި ހުރިހާ ފައިސާދެއްކީ އަޅުގަނޑުގެ ދެއަތުން ގެންގޮސް ތލފ ކޯޕުރރޭސަނުގަވެސްހުންނާނެ
5 ޖުލައި 2020 | އާދީއްތަ 12:20
އަލީ
ތިޔަ ކިޔަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔާބަލަ... ބިން ދޫކޮށްފައިވާ ވަރާއި ބޭނުންކުރަމުންދާވަރު އަދި ކުލި ނުދައްކާފަރާތްތައް ހާމަކޮށްބަލަ...
5 ޖުލައި 2020 | އާދީއްތަ 03:29
ނަޖުމާ
މާލެއިން އެސްޓީއޯއަށް ވެސް -/1ރ ( އެއްރު ފިޔާ ) މަގުން ބިންތައް ދޫކޮށް ފައި އަދި ވެސް. ތަކެތީގެ އަގު އިންތިހާއަށް އެކަމަކު
4 ޖުލައި 2020 | ހޮނިހިރު 22:11
ކުއްލިނުރައްކާ
ނިކަމެތިން ފެލޭތޯ ފުލުހުން ނެރެގެން އަތްފުނާ އަޅާ ދޯ؟
4 ޖުލައި 2020 | ހޮނިހިރު 17:29
ރަސް
ކީއްވެތޯ ބިންތައް ނަގާ ފަ ތިބި މީހުންގެ ވަނަވަރާ އެ ފަރާތްތަކުން ނަގާ ފަ ހުރި ބިންތަކުގެ ބޮޑުމިން ހާމަ ނުކުރީ. ތި މީހުންނަކީ ރައްޔިތުންނަށް އެންމެ ތެދު އެންމެ ތަ ފްޞީލު މައުލޫމާތު ގެނެސްދޭ ކަމަށް ދައުވާކުރާ މީހުން ނުންތޯ؟