ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 14:04
ކޮވިޑް-19ށް ދަރުބާރުގޭގައި ހެދި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތެރެއިން
ކޮވިޑް-19ށް ދަރުބާރުގޭގައި ހެދި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19ށް ކުރި ހަރަދުތައް
ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް 975.7 މިލިއަން ރުފިޔާ ހަރަދުކޮށްފި
 
ހެލްތް މިނިސްޓްރީން މިހާތަނަށް ކޮވިޑް-19ށް 148.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ
 
9 ވަނަ ހަފްތާގައި ހަރަދުކޮށްފައިވަނީ 12.1 މިލިއަން ރުފިޔާ

ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށާއި ފަރުވާދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މިހާތަނަށް 975.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމުކުރާ ކޮވިޑް-19ގެ ހަރަދުތައް ދައްކާގޮތުން 8 ވަނަ ހަފްތާއަށްވުރެ 9 ވަނަ ހަފްތާގައި ކުރި ހަރަދު ވަނީ 1.3 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 9 ވަނަ ހަފްތާގައި ހަރަދުކޮށްފައިވަނީ 12.1 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19ށް ޖުމްލަ ކުރި ހަރަދުތަކުގެ ތެރެއިން 9 ވަނަ ހަފްތާފައި އެންމެ ގިނައިން ހަރަދު ހިނގާފައިވަނީ ހެލްތް މިނިސްޓްރީގެ ބޭނުމަށެވެ. ހެލްތް މިނިސްޓްރީން މިހާތަނަށް ކޮވިޑް-19ށް 148.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 8 ވަނަ ހަފްތާގައި މި އަދަދު ހުރީ 145.9 މިލިއަން ރުފިޔާގައެވެ.

މި ތަފާސް ހިސާބުތައް ދައްކާގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ މިހާތަނަށް 725.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިދިޔަ ހަފްތާއާ ހަމައަށް މި އަދަދުތައް މިހެން ހުރިނަމަވެސް އޭގެ ކުރީ ހަފްތާގައި މި އަދަދު ހުރީ 718.8 މިލިއަން ރުފިޔާގައެވެ.

މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ވަނި ހަރަދުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯނާއި، ކޮންޓްރިބިއުޝަން އަދި ސަބްސިޑީއެވެ. މީގެ އިތުރުން ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ އެކި ކަންކަމަށް ހަރަދުކޮށްފައިވާ އިރު ފޮރިން މިނިސްޓްރީގެ ޑޮމެސްޓިކް ބަޖެޓުން ވެސް 3.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް