ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 13:15
އަދިތްޔަ ރޯއީ ކަޕޫރު
އަދިތްޔަ ރޯއީ ކަޕޫރު
ގޫގުލް
ބޮލީވުޑް
"އޭކް ވިލަން" ގެ ސީކުއެލްގައި އަދިތްޔާ ރޯއީއެއް ނުފެންނާނެ
 
އެރޯލަށް ޒުވާން ތަރިއަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ޑައިރެކްޓަރ މޯހިތް ސޫރީ ފިލްމް "އޭކް ވިލަން"ގެ ސީކުއެލް "ދޯ ވިލަން" ގައި އަދިތްޔާ ރޯއީ ކަޕޫރު ނުފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަދިތްޔާއާއި ގާތް މަސްދަރަކުން މުމްބާއީ މިރޯއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފިލްމްގައި އަދިތްޔާ އަދާކުރަންޖެހޭ ރޯލްގައި އޭނާގެ ހަށިގަނޑަށް ތަފާތު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ހަޑިގަނޑު ބައްޓަން ކުރުމަށް ލޮކްޑައުންގެ ތެރޭގައި މަސައްކަތް ކުރަންފަށާފައިވާ ކަމަށެވެ.

މޮހިތް އާއި އަދިތްޔާ އަކީ ގާތް ދެ ރަހުމަތްތެރިން ކަމަށާއި ނަމަވެސް ފާއިތުވި މަހު އަދިތްޔާ އާއި މޯހިތް ސޫރީ އާއި ދެމެދު ދެބަސްވުންތަކެއް އުފެދުމާއި ގުޅިގެން އެ ފިލްމުގައި އަދިތްޔާ ނުފެންނާނެ ކަމަށެވެ. އަދި އެރޯލަށް ޒުވާން ތަރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

"ދޯ ވިލަން" ގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖޯން އަބްރަހަމް، ތާރާ ސުތޭރިއާ އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. 2014 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "އޭކް ވިލަން" ގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސިދާތް މަލޯތްރާ، ޝްރައްދާ ކަޕޫރު އަދި ރިތޭޝް ދޭޝްމުކްއެވެ. އަދިތްޔާ ވަނީ މީގެ ކުރިން މޮހިތްއާއި އެކު "މަލަންގް" އަދި "އާޝިގީ 2" ގައި މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން