ކ. މާލެ
|
4 ޖުލައި 2020 | ހޮނިހިރު 05:36
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ރައީސް އޮފީސް
ރޭޕާއި ދެކޮޅަށް އަޑު އުފުލުން
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުޅި ސިސްޓަމް ވަނީ ފެއިލްވެފައި: މިނިސްޓަރ
 
އެކަމަނާ ހުންނެވީ މިކަމުގައި އަޑު އުފުލަމުންދާ ކޮންމެ ފަރާތަކާއި އެކު ކަމަށް

އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުޅި ސިސްޓަމް ވަނީ ފެއިލްވެފައިކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މިނިސްޓަރ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މަގުމަތީގައި އަޑުއުފުލަމުންދާ ފަރާތްތަކުގެ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. މިގޮތަށް މިނިސްޓަރ ޓުވީޓު ކުރެއްވީ ރާއްޖޭގައި މި ފަހަކަށް އައިސް ޖިންސީ ގޯނާތަކުގެ މައްސަލަތައް ގިނަވާތީވެ، އެކަމާއި ދެކޮޅަށް މާލޭގައި އަޑުއުފުލާއި ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ތަކާއި ގުޅިގެންނެެވެ.

މިނިސްޓަރ ވިދާޅުވީ އަންހެނުންނާއި ކުޑަކުދިން އަނިޔާއިން ރައްކާތެރިކޮށްދިނުމުގައި ސިސްޓަމް ފެއިލްވެފައިވާ ކަމަށެވެ.

އަދި މި ސިސްޓަމަސް ބޮޑެތި ބަދަލުގެންނަން ޖެހޭ ކަން ފާހަގަކުރައްވާ ވިދާޅުވީ އިޖުތިމާއީ ގޮތުންނާއި ތަހުގީގު ކުރެވޭ ގޮތާއި އަދި ދައުވާ އުފުލުމުގެ ކަންކަމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަނާ ހުންނެވީ މި ކަމުގައި އަޑު އުފުލަމުންދާ ކޮންމެ ފަރާތަކާއިއެކު ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
77%
0%
15%
0%
8%
ކޮމެންޓް
4 ޖުލައި 2020 | ހޮނިހިރު 23:11
ޢެކޮއި
ޖެންޑަ މިނިސްޓަށް އައިސަތު މުހައްމަދު ދީދީއެވިދާޅުވަނީ ޖެންޑަ މިނިސްޓުރީގެ ސިސްޓަމް ވަނީފޭލިވެފަކަމަށް އެވިދާޅުވެލެއްވީ މި ހާރު އެކަމަނާ ވެސްއެވަނީ ފޭލްވެފަކަމަށް އަޅުގަޑުގަބޫލުކުރަން ޢެކަމަނާ މިހާރުންމިހާރަށް އިސްތިއުފާ ދޭންޖެ ހޭނެކަމަށް އަޅުގަޑު ގަބޫލު ޚުރަން މީގެކުރިން ހުންނެވި ޖެންޑަމިނިސްޓަ ސިދާތާ ވަނީވަގުތުން އިސްތިއުފާދެއްވާފަ ދެއްވާފަ އެހެ ހެންވީމާ މި ހާރުންމި ހާރައް އައިސަތު މު ހައްމަދު ދީދީ އެމަގާމުން އިސްތިއުފާ ދޭންޖެ ހޭނެ ކަމައް އަޅުގަ ޑުގަބޫލުކުރަނީ
4 ޖުލައި 2020 | ހޮނިހިރު 12:11
ސޮހޮލު
ނޫނޭ ބަދަލުގެންނާނެ ކަމެއްނެތް މީހަކު ތިޔަ ތަނުން ވީ އިހްމާލް އޮޅުން ފިލުވަން ދިޔަސް ފުލުހޖންނައް ގުޅައިގެން ގެނެސް ދަމާ ނެރޭ