ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 22:50
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑްގެ ހާލަތު
ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 10 މީހުން
 
މިވަގުތު ކޮވިޑް-19ށް ފަރުވާދެމުން އަންނަނީ 419 މީހުންނަށް
 
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2410ށް އަރާފަ

ކޮވޑް-19ށް އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހުކުުރު ދުވަހު ޕޮޒިޓިވްވި 10 މީހުންނާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2410ށް އަރާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 2 މީހުންނާއި، އިންޑިއާއަށް ނިސްބަތްވާ 3 މީހަކާއި އިންޑޮނޭޝިޔާގެ މީހެކެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19ށް ފަރުވާދެމުން އަންނަނީ 419 މީހުންނަށެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1976ށް އަރާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 10 މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް