ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 21:32
ތައިލެންޑް އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ދައްކާލަނީ
ތައިލެންޑް އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް ދައްކާލަނީ
ރޮއިޓަރސް
ކޮވިޑް-19 އަށް ޓެސްޓް ކުރުން
ތައިލެންޑަށް އެތެރެވާ މީހުން އެއަރޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓް ކުރަނީ
 
1700 މީހުން މެޑިކަލް ވިސާގައި އެގައުމަށް އެތެރެވުމަށް އެދިފައިވޭ
 
މިޓެސްޓް ހެދުމަށް ހޭދަވާނީ 96 އެމެރިކާ ޑޮލަރު
 
14 ދުވަހަށްވުރެ މަދުން އެގައުމަށް އެތެރެވާ މީހުންގެ ގައިގައި ވައިރަސްނެތްކަން ޔަގީންކުރުމަށް އެއަރޕޯޓްގައި ވައިރަސް އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައި

ކޮވިޑް-19 އާ ގުޅިގެން ތައިލެންޑަށް މީހުން އެތެރެވުން ތިން މަސްދުވަސް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު ވަކި ބަޔަކަށް ތައިލެންޑަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތައިލެންޑްގެ ބައިނަލްއަގްވާމީ މައި އެއަރޕޯޓްގައި ވައިރަސް އަށް ޓެސްޓް ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

މާރޗް މަހުން ފެށިގެން ވާރކް ޕަރމިޓް ނެތް މީހުންނަށް އެ ގައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ޖެހިޖެހިގެން ފަސް ހަފްތާ ވަންދެން އެއްވެސް މީހަކަށް ކޮވިޑް-19 ޖެހިފައިނުވާތީ ތައިލެންޑުން ވަނީ ބޭރު ގައުމުތަކުގެ ބައެއް ފަރާތްތަކަށް އެ ގައުމަށް ވަނުމަށް ހުއްދަ ދޭން ނިންމާފައެވެ.

މީގެތެރޭގައި ހިމެނެނީ ވިޔަފާރިވެރިންނާއި، ޑިޕްލޮމެޓުންނާއި ސަރުކާރުގެ ދައުވަތަށް އެ ގައުމަށް އަންނަ މީހުންނެވެ. މި މީހުންގެ ތެރެއިން ވެސް 14 ދުވަހަށްވުރެ މަދުން އެގައުމަށް އެތެރެވާ މީހުންގެ ގައިގައި ވައިރަސް ނެތްކަން ޔަގީންކުރުމަށް އެއަރޕޯޓްގައި ވައިރަސް އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތައިލެންޑްގެ ޑިޒީސް ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނާ ގޮތުގައި މި ޓެސްޓް ހެދުމަށް ނަގާނީ ދޮޅު ގަޑިއިރެވެ. އަދި ކުރިޔަށް އޮތްތަނުގައި ފަތުރުވެރިން އަންނައިރު ޓެސްޓް ކުރުމުގެ ކަންކަން އިތުރަށް ފުޅާކުރާނެ ކަމަށް ޑިޒީސް ކޮންޓްރޯލް ޑިޕާޓްމަންޓުން ބުނެއެވެ. އެއަރޕޯޓްގައި ހަދާ މިޓެސްޓް ހެދުމަށް ހޭދަވާނީ 96 އެމެރިކާ ޑޮލަރެވެ. އަދި މި މީހުންނަށް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

އެ ގައުމަށް ފަތުރުވެރިން އައުމަށް ހުޅުވާލުމާއެކު 1700 މީހުން މެޑިކަލް ވިސާގައި އެތެރެވުމަށް އެދިފައިވާ ކަމަށް ތައިލެންޑްގެ އޮފިޝަލުން ބުނެއެވެ. ތައިލެންޑް ސަރުކާރުން އަންނަނީ ސެޕްޓެމްބަރ މަހު އިތުރު އެއަރޕޯޓްތައް ހުޅުވާލުމަށް ތައްޔާރުވަމުންނެވެ.

މި އަހަރު ތައިލެންޑަށް ފަތުރުވެރިންގެ ގޮތުގައި އެތެރެވާނެ ކަމަށް ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ 80 އިންސައްތަ މަދުން މީހުން އެ ގައުމަށް އެތެރެވާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އަންނަ އަހަރު އަނެއްކާވެސް އެ ގައުމުގެ ފަތުރުވެރިކަން ކުރިން ހުރި ގޮތަށް ދާނެ ކަމަށް އެގައުމުގެ ސަރުކާރުން އަންދާޒާކުރެއެވެ.

މިދިޔަ އަހަރު ތައިލެންޑަށް 39.8 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 11 އިންސައްތައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
17%
67%
0%
17%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް