ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 13:35
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަނީ، ބިދޭސީން މުޒާހަރާކޮށްފައިވަނީ މުސާރަ ނުދޭ މައްސަލާގައި
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަނީ، ބިދޭސީން މުޒާހަރާކޮށްފައިވަނީ މުސާރަ ނުދޭ މައްސަލާގައި
ރާއްޖެއެމްވީ
ބޮޑުފިނޮޅު ހަމަނުޖެހުން
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް
 
ސޯޓުގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުން ބަލައި މައުލާމާތު އެއްކުރަމުންދާ ކަަމަށް ފުލުހުން ބުނި
 
އޮށްގަލާއި ދަގަނޑުބުރިތައް އުކައި، ހަމަނުޖެހުން ހިންގާފައިވޭ
 
ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައިވޭ

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުމުގައި 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން ހުކުރު ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖުލައި ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި، ލިބުނު މި މައުލޫމާތުތަކާއި ގުޅިގެން ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެ ރިސޯޓަށް ދިޔުމުން ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައިވާ ކަަމަށެވެ.

ފުލުހުން ބުނީ އިތުރު ފުލުހުން އެ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ރިސޯޓަށް ދިޔުމުން އެ ފުލުހުންނާއި ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި، ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެގޮތުން މި ހަމަނުޖެހުމުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި އެއް ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަރ ރެސްޕޮންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހުޤީޤު ޓީމެއް ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި މި ޓީމް އެ ރިސޯޓަށް ދިޔަފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އެ ރިސޯޓުގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުން ބަލައި މައުލާމާތު އެއްކުރަމުންދާކަމަށް ބަޔާނުގައިވެއެވެ. އަދި މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ތަހުޤީޤު ކުރަމުންދާ ފުލުހުން ވަނީ ބުނެފައެވެ.

Advertisement
0%
0%
0%
25%
0%
75%
ކޮމެންޓް
4 ޖުލައި 2020 | ހޮނިހިރު 19:38
ކކކކ
19 ދިވެހިން ޝަހީދުކުރި ބާޣީން 19 އަކުން ސަލާނަތެއް ނުވޭނު. ހެހެހެ
3 ޖުލައި 2020 | ހުކުރު 19:43
ރޮނޑާ
އެފަގީރުންނައް ހަމަސް ދުވަ ހުގެ މުސާރަ ނުދީ އެމީހުންނާއި އެމީހުންގެ އާއިލާތައް ހާލުގައި ޖެއްސި މައްސަލަ ބަލަނީ ކޮން ބައެއް.